ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަތުތީ ރިސެޕްޝަނިސްޓް މަޤާމަށް މުވައްޒަފުން ހޯދުން.

މަޤާމު

ރިސެޕްޝަނިސްޓް   

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މުއްދަތު

04 މަހާއި 11 ދުވަސް

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ހުޅުމީދޫ ޞިއްހީމަރުކަޒު

މުސާރަ

-/4465 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1500 ރުފިޔާ (މަހަކު)

ސަޕޯޓިންގ ކޯ އެލަވަންސް 2

700/- ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސާއި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެވެ.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މަރުކަޒަށް އެކިއެކި ބޭނުންތަކުގައި އަންނަ މީހުންނަށް، ބޭނުންވެގެން އައި ޚިދުމަތްތައްވީ އެއްމެ އަވަސް މިނެއްގައި ފޯރުކޮށް ދިނުމުގެ މަގުފަހިކޮށްދިނުން.
  2. ރަޖިސްޓްރޭޝަން ކައުންޓަރަށް އަންނަ ފޯންކޯލް ތަކަށް ޖަވާބުދީ، ކަމާއި ބެހޭ ސެކްޝަންތަކަށް ފޯންކޯލް ޕާސްކުރުން.
  3. ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމެންޓްގެ އެންމެހައިކަންތައް ހަމަޖެއްސުން .
  4. އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީކޮށް ކަޑައެޅިފައިވާ ތަރުތީބުން ނަމްބަރދޫކުރުން .
  5. ރަޖިސްޓްރީކުރުމާއި ނަމްބަރ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން.
  6. މެޑިކަލް ރިކޯޑްސް އަށް ބޭނުންވާ ބަލިމީހުންގެ މަޢުލޫމާތުތަކާއި މެޑިކަލް ރިކޯޑްތައް ފޯރުކޮށް ދޭންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި އަނބުރާ ގެންދިއުމުގެ ކަންތައް ބެލެހެއްޓުން.     
  7. ފައިލްކުރަންޖެހޭ އެންމެހައި ލިއެ ކިއުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  8. އެމްބިއުލާންސް ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތް ލިބޭނެ މަގު ފަހިކޮށް ދިނުން.
  9. ރަޖިސްޓްރޭޝަނުގައި ހުންނަ ކީބޯރޑްގެ (މަރުކަޒުގެ ތަންތާގެ ތަޅުދަޑިތައް ބަހައްޓާފައި ހުންނަ) ތަޅުދަޑި އެޝިފްޓެއްގައި ކައުންޓަރގައި ތިބޭ މުވައްޒަފުން ޒިންމާވާންޖެހޭނެކަން ދަނެގެން ތަޅުދަޑި ބެލެހެއްޓުމުގެ ކަންތައް ކޮންމެ ޑިއުޓީއެއްގައިވެސް ވަކިޤަވާއިދަކަށް ހަމަޖައްސައިގެން ބެލެހެއްޓުން.
  10. އޮފީސް ބަންދު ދުވަސްތަކާއި  ނުރަސްމީ ގަޑީގައި މަރުކަޒަށް ލިބޭ ތަކެއްޗާއި ލިޔުންތައް ޙަވާލުވެ އެ ލިއުންތައް އޮފީސް ހުޅުވުމުން އޮފީހާއި ޙަވާލުކުރުން.
  11. ރިސެޕްޝަން ކައުންޓަރގެ އިންވެންޓްރީ ޗެކްކޮށް ބެލެހެއްޓުން.
  12. މަސައްކަތާއި ގުޅޭ ގޮތުން ދިމާވާ ޙާދިސާތައް ލަސްނުކޮށް ވެރިޔަކަށް އެންގުން.
  13. ޑިއުޓީގަޑީގައި މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފަކު ސަލާމްބުނެފިނަމަ ސަލާމްގެ ރިކޯރޑްފޮތުގައި ލިޔެ ބެލެހެއްޓުން.
  14. ޑޮކްޓަރ ރޫމްގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ޗުއްޓީ/ސަލާމް ބުނެ އަދި ތަނަށް ދަތިވެއްޖެ ޙާލަތެއްގައި ތަނުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  15. އެޑްމިން އެންޑް ހިއުމަންރިސޯސަސް ޑިޕާރޓްމެންޓްގެ މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީއަށް ދިއުމުން އެމުވައްޒަފެއްގެ މަސައްކަތް ޙަވާލުވެއްޖެނަމަ އެމުއްދަތުގައި އެމަސައްކަތެއްކުރުން.
  16. ރަޖިސްޓްރޭޝަނުގެ މަސައްކަތް ހިގަމުންދާގޮތުން އޮފް ދުވަހަކު މަސައްކަތު ނިކުންނަށް އެންގިއްޖެނަމަ ޑިއުޓީއަށް ނިކުތުން.
  17. ޞިއްޙީމަރުކަޒުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން.
  18. އޮފީހަށް ބޭނުންތަކުގައި އަންނަ މުވައްޒަފުންނާއި އެހެނިހެން މީހުންނަށް އިޙުތިރާމްކޮށް މުޢާމަލާތުކުރުން.

މަޤާމުގެ ޝަރުތުތައް

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ސ. ހުޅުމީދޫ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ހުޅުމީދޫ ޞިއްހީމަރުކަޒުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 މާރިޗު 2020 އާއި 11 މާރިޗު 2020 އާ ދެމެދު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885046 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2020
ހޯދާ