މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ނެޓްވޯރކް އެޅުމުގެ މަސައްކަތް ކުރާނެފަރާތެއް ހޯދުން

ވޭވަށުގައި ކޭބަލްޓީވީގެ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

ވޭވަށުގައި ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް އަމިއްލަ ތަކެތީގައި ކޭބަލް ނެޓްވޯކް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. ނެޓްވޯރކްގެ ޕްލޭން ނުވަތަ ޑިޒައިންގ ހަދަންވާނީ ކައުންސިލުގެ މަޝްވަރާގެމަތިން ނެޓްވޯރކް އަޅާފަރާތަކުންނެވެ.

 

 ވުމާއިއެކު ދެންނެވިގޮތަށް ވޭވަށު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތީން ވޭވަށުގައި ކޭބަލް ނެޓްވޯރކްގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމަށް ހާޒިރުވެދެއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

27  ފެބުރުއަރީ  2020 އިން       04 މާރިޗް 2020 އަށް

14:00

އަންދާސީ ހިސާބު ބަލައިގަތުން

05 މާރިޗް 2020

ބުރާސްފަތި

13:30

 

މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ރަސްމީގަޑިގައި ކައުންސިލް އިދާރާއަށް ދުރުވުމުން ނުވަތަ ކައުންސިލް އިދާރާގެ ނަމްބަރ 6720035  ފޯނާއި 7595939 ނުވަތަ 9757801  މޯބައިލް ނަންބަރ އާއި ގުޅުއްވުމުން މަތީގައިވާ މުއްދަތުގެ ގަޑިއާއި ހަމައަށް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުގައި ކޭބަލް ނެޓްވޯރކް އެޅުމަށްއެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސި ހިސާބު ހުށަހެޅުއްވޭނީ މަތީގައިވާ ތާރީޚްގެ ގަޑިއަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމުންނެވެ. އަންދާސީ ހިސާބު ހުޅުވުމުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ނުވަތަ ބަދަލުގައި ދުރުވާ ފަރާތުން ބައިވެރިވެލައްވަން ޖެހޭނެއެވެ. މިއިޢުލާނާއި އެކު ހުށަހެލޭ އަންދާސީ ހިސާބުތަކަށް ޕޮއިންޓްދެވޭނެގޮތް އެވަނިއެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުން

މިއިދާރާގެ ނަމްބަރ: IUL)363-PRJ/INDIU/2020/8)  އިޢުލާނާއި ގުޅިގެން ޕޮއިންޓް ދެވޭނެ ގޮތް ތިރީގައި އެވަނީއެވެ.

  1. ހުށަހެޅޭ އެންމެ ދަށް އަގަށް %50 (އަގުހުށަހެޅިފައިވާ ތަރުތީބުން ޕޮއިންޓްދިނުން)
  2. ތަޖުރިބާއަށް %20 (ތަޖުރިބާގެ ގޮތުގައި ލިޔެކިޔުން ހުށަހަޅާފައިވާނަމަ އެކަމަށްބަލާ ޕޮއިންޓްދިނުން)
  3. މަސައްކަތުގެ ތަކެތީގެ ފެންވަރަށް (ކޮލިޓީ) އަށް %20 (ހުށަހެޅުމަށްބަލާ ޕޮއިންޓްދިނުން)
  4. މުއްދަތަށް (މަސައްކަތް ނިންމާނެކަމަށް ހުށަހެޅޭ އެންމެ ކުރުމުއްދަތަށް އެންމެގިނަޕޮއިންޓް ދިނުން)

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

27 ފެބުރުވަރީ 2020
ހޯދާ