ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ޤުރުޢާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމާ ބެހޭ

އޭޕްރިލް 16 ން 18 ށް ބާއްވާ ހދ. އަތޮޅު ޤުރުއާން މުބާރާތުގައި މިރަށުން ބައިވެރިވާ ޓީމް ހޮވުމަށްޓަކައި، ބާއްވާ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ސްކޫލް ،ޕްރީސްކޫލް، ހަޔަރ އެޑިޔުކޭޝަން ،މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކިޔަވައިދޭ ތަންތަނާއި އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކްލާސްތަކަށް ހުޅުވާލަމެވެ.

          ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް  ޝައުގުވެރިވާ ފަރާތްތަކުން 02 މާރިޗު  2020 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މިމުބާރާތުގައި އަމަލުކުރާނީ ހދ.އަތޮޅު ޤުރުއާން މުބާރާތުގެ ޤަވާއިދަށެވެ.

     

     މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

26 ފެބުރުވަރީ 2020
ހޯދާ