މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/5،380 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

4,500ރ - 5,500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ޖީ.ސީ.އީ އޯލެވަލް 04 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއި އެކު އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

  ނުވަތަ

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ޖުމްލަކޮށް އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތެއް ކުރުން.

-ސްޓެޓިސްޓިކަލް ރިޕޯޓް، ސަރވޭ ރިޕޯޓް ފަދަ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެޙީތެރިވުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

-މަޤާމަށް އެދިހުށަހަޅާ ފޯމް

-ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

-ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 މާރިޗު 3 އާއި 31 އާ ދެމެދުގައެވެ.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.
މަޤާމް :ކްރޫ
ބޭނުންވާ އަދަދު :2

މުސާރަ:

-/3840 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-/4,500ރ - -/5,500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

- އުމުރުން 35 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- ކަނޑުމަތީގައި ގިނަ ވަގުތު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

- ސިއްޙީ ޤާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

-ސަދަން ޓްރާންސްޕޯރޓް ލިންކް ފުވައްމުލަކުގެ ސުޕަވައިޒަރާއި ހުންނަވާ މެނޭޖާރގެ ލަފައާއި އިރުޝާދާއިއެކު ފެރީ/ލޯންޗް ގެ ކަންތައް ކުރުން.

- ސަދަން ޓްރާންސްޕޯރޓް ލިންކް ފުވައްމުލަކުގެ ފެރީ/ލޯންޗް ދިވެހި ރާއްޖޭގެ ކަނޑުގެ ޤާނޫނާއި ގަވާއިދާއި އެއްގޮތައް ހުރިހާ ކަމެއް ކުރުން.

- ފެރީ/ލޯންޗް ދަތުރު ނިންމާފައި ކޮންމެ ދުވަހަކުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން. އަދި ފެރީ/ލޯޏްޗް ގައި އިތުރު މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުން.

- ފެރީ/ލޯންޗް އަށް އަރުވާ މުދާ/ލަގެޖް އަރުވާ ބޭލުން، އަދި ފަސިންޖަރުން އަރުވާ ބޭލުމުގައި އެހީތެރިވެދިނުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ޝިފްޓް އުޞޫލުން ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

ޓްރާންސްޕޯޓް ޑިޕާޓްމަންޓް / ފުވައްމުލައް ސިޓީ

ސުންގަޑި:

2020 މާރިޗު 1 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 މާރިޗު 3 އާއި 31 އާ ދެމެދުގައެވެ.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.
25 ފެބުރުވަރީ 2020
ހޯދާ