ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު (އެންޓްރެންސް އެގްޒޭމް) ބޭއްވުމާ ބެހޭ

ޔުނިވަރސިޓީގެ އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނު (އެންޓްރެންސް އެގްޒޭމް) ބޭއްވުމާ ބެހޭ


ޢިއުލާން

 

      ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާސް ނެތް ފަރާތްތަކަށް ވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ  އިމްތިޙާނެއް މިސެންޓަރުން ދަނީދެމުންނެވެ. މިގޮތުން 2020 ވަނަ އަހަރު  ޖުލައި މަހުގައި  ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް ބާއްވާ އިމްތިޙާން 07 މާރިޗް 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި އޮންނާނެއެވެ. މާލޭގައި މި އިމްތިޙާން ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީ އިދާރީ މަރުކަޒުގެ 4 ވަނަ ފަންގިފިލާގެ  A4-14ކްލާސްރޫމްގައެވެ. ކެމްޕަސްތަކުގައި ނަމަ އެގްޒާމްހެދުމަށް ހަމަޖެހިފައިވަނީ އެ ކެމްޕަހެއްގައެވެ. މި އިމްތިޙާންގައި ބައިވެރިވާ ކެނޑިޑޭޓުން އިމްތިޙާން ފެށުމުގެ 30 މިނެޓް ކުރިން އިމްތިޙާން އޮންނަ ހޯލަށް ހާޒިރުވާންވާނެއެވެ.

ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:

  •  އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން (އެންޓްރެންސް އެގްޒޭމް) ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 3 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) ދެއްކުމަށްފަހު، އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއެއް ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. މި ޔުނިވަރސިޓީގެ ކެމްޕަހެއްގައި އިމްތިޙާނު ހަދާނަމަ، އެކެމްޕަހަކަށްވެސް ފޯމު ހުށައެޅިދާނެއެވެ.
  •   އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން (އެންޓްރެންސް އެގްޒޭމް) ގައި ބައިވެރިވުމަށް އެދޭ ފޯމު، ލިބެން ހުންނާނީ ސެންޓުރަލް އެޑްމިނިސްޓްރޭޝަންގެ 4 ވަނަ ފަންގިފިލާގައި  ހުންނަ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުންނެވެ. އަދި އެމް.އެން.ޔޫ ވެބްސައިޓް: www.mnu.edu.mv އިން ވެސް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
  • މި އިމްތިޙާންގެ ނަތީޖާ ޖަނަވަރީ މަހުގެ ފަހު ހަފުތާ ތެރޭގައި ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ލިބެން ހުންނާނެއެވެ.
25 ފެބުރުވަރީ 2020
ހޯދާ