މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
Project Superviosr

ވަޒީފާގެ ފުރުސަތު

 މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:                 

ޕްރޮޖެކްޓް ސުޕަވައިޒަރ

ޢަސާސީ މުސާރަ:        

10,000.00

ސާވިސް އެލަވަންސް

3,000.00

ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ ބާވަތް

ވަގުތީ

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ޕްރޮޖެކްޓްސްތައް ހިންގާ ސައިޓްތަކުގައި

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މަސައްކަތްތައް ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި / ޕްރޮސީޖަރތަކާއި އެއްގޮތަށް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
  2. ރާވާއިގެން މަސައްކަތްތައް ކުރުވުން، މިގޮތުން މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުން.
  3. މަސައްކަތް ސުޕަވައިޒްކުރުން.
  4. މަސައްކަތަށް ބޭނުންވާ އާލާތްތައް ތައްޔާރުކޮށް މަސައްކަތް ނިމުމުން އެތަކެތި ރައްކާކުރުން.
  5. މަސައްކަތަށް ބޭނުންވާ ސާމާނާއި އާލާތްތައް ސުޕަވައިޒަރުންނާއި ގުޅިގެން ހޯދައި ހަމަކުރުން.
  6. ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތައް ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  7. މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން.
  8. މަސައްކަތުގައި ދިމާވާ މައްސަލަތައް ސްޕަވައިޒަރުންނާއި ގުޅިގެން ހައްލުކުރުން.
  9. ކުންފުނީގެ ލަނޑުދަނޑިތައް ޙާސލުކުރުމަށްޓަކައި ކުންފުނިން ހިންގާ އެންމެހައި މަޝްރޫޢުތަކުގައި ބައިވެރިވުން.
  10. ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން.

މަގާމުގެ ޝަރުތުތައް:           

މިމަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

ވީމާ، މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 03 މާރޗް 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.

                       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ،  3001186 ނަންބަރު ފޯނަށެވެ.

އަދި އީ-މެއިލް ކުރައްވާނީcareers@mreic.com.mv  އަށެވެ.

 

 

25 ފެބްރުއަރީ 2020

25 ފެބުރުވަރީ 2020
ހޯދާ