މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުލް ރަޖާއުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުމާއި ބެހޭ

     1441ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދު ރަޖާއުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡެއް "ރާއްޖެއިންބޭރުން ނުވަތަ ރާއްޖެއިން" ގެނެސް ގެންދިއުމާއި އެފަރާތުގެ ހުރުމާއި ކެއުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީއަގު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 01 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް  މިއިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 08 މާރޗް 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް  މިއިދާރާއަށެވެ.

     މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާ ދެންނެވީމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

23 ފެބުރުވަރީ 2020
ހޯދާ