މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އާގުބޯޓް ފަހަރު ސާރވޭކުރާނެ ފަރާތެއް ހޯދުން

އިޢުލާން

 

އާގުބޯޓް ފަހަރު ސާރވޭކުރާނެ ފަރާތެއް ބޭނުންވެއްޖެ.

            މޯލްޑިވްސް ޓްރާންސްޕޯޓްއޮތޯރިޓީއަށް އާގުބޯޓް ސާރވޭކުރާނެ ސާރވޭޔަރުން ހޯދަން ބޭނުންވެގެން 17ފެބުރުވަރީ 2020 ވަނަދުވަހު ކުރެވުނު ނަމްބަރު 21(IUL)202-A/1/2019/ އިއުލާނު ގައި އެކަށީގެންވާ މުއްދަތެއް ދެވިފައިނުވާތީވެ، މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

            ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 މާރިޗު 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ، ހުރަވީބިލްޑިންގްގެ 1 ވަނަ ފަންގިފިލާ އަށް ވަޑައިގެން ޕްރޮފައިލް/ސީވީ ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            އަދިދަންނަވަމެވެ. ޕްރޮފައިލް/ސީވީ ހުށަހެޅުމަށް ގަޑިޔަށް ވަޑައިނުގަންނަވާފަރާތުގެ ލިޔުންތައް ބަލައިނުގަނެވޭ ވާހަކަ މައޫލޫމާތަށްޓަކައި ދެންނެވީމެވެ.

 

               29 ޖުމާދަލްއާޚިރާ 1441

               23  ފެބުރުވަރީ 2020

23 ފެބުރުވަރީ 2020
ހޯދާ