މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާކުރަތު ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުން

އިޢުލާން

މާކުރަތު ކައުންސިލުން ރައްޔިތުންނާއި ބައަދަލުކުރުން

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ ފެބުރުއަރީ މަހުގެ ބައްދަލުވުން 27 ފެބުރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި މާކުރަތު ކޮމިއުނިޓީ ސެންޓަރުގެ ބޭރު ފެންޑާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

             މިބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާ ގުޅޭ މައުލޫމާތު ޙިއްސާ ކުރުމާއި އަދި ރަށު ލޭންޑް ޔޫސް ޕްލޭން ހެދުމާއި ގުޅޭ މައުލޫމާތު އަދި ކުރިއަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެވޭނެއެވެ.

             ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްޓަކައި (ދެޖިންސުގެ) ވީހާގިނަ ރައްޔިތުން މާކުރަތު ކޮމިއުނިޓީ ސެންޓަރަށް ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ޖުމާދުލްއާޙިރާ 1441

19 ފެބުރުވަރީ 2020
ހޯދާ