ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތި ކުނިކެހުމާއި ބެހޭ އުޞޫލު އިޞްލާޙުކުރުން

ޤާނޫނު ނަމްބަރު:  7/2020 "އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާއިން ލިބިދޭ ބާރުދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު އެ މާއްދާގެ (ޑ) ގެ ދަށުން ކައުންސިލުން އެކުލަވާލައި 4 އޮގަސްޓް 2014 ގައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޤާނޫނީ ބާރު ލިބިފައިވާ، ނަމްބަރު: 2014/R-109 "މަގުމަތި ކުނިކެހުމާބެހޭ ޤަވާޢިދު" ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގަވައިދުގެ ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލުގެ 3 ވަނަ މާއްދާ އިޞްލާޙުކޮށް، އެ އުޞޫލު މި އިޢުލާނާއެކު ޢާއްމުކުރަމެވެ. 

ވީމާ، ކައުންސިލްގެ މިއަހަރުގެ 7 ވަނަ ޖަލްސާއިން މިއަދު ނިންމަވާފައިވާ ގޮތުގެމަތިން، މަގުމަތި ކުނިކެހުމާއި ބެހޭ އުޞޫލަށް މިއަދު ގެނައި އިޞްލާޙަށް މިއަދުންފެށިގެން ޢަމަލުކުރާނެ ކަން އަންގައި އިޢުލާނުކުރަމެވެ.

 

25 ޖުމާދަލްއާޚިރާ 1441

19 ފެބުރުވަރީ   2020

19 ފެބުރުވަރީ 2020
ހޯދާ