ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގއ. ވިލިނގިލި އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން ނަންބަރު:FNK-I/IUL/2020/045

 

އިޢުލާން

ގއ. ވިލިނގިލި އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ގއ.ވިލިނގިލި އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ޕްރީބިޑަށް ވަޑައިގަންނަވާ ފަރާތްތަކަށް ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

 

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރެއްވުން

20 ފެބްރުއަރީ 2020

11:00 ހެނދުނު

އަންދާސީ ހިސާބު ހުށަހެޅުން

27 ފެބްރުއަރީ 2020

10:00 ހެނދުނު

 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

 

 

17 ފެބުރުވަރީ 2020
ހޯދާ