މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރ:

J-315781

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ޓެކްނިކަލް ސަރވިސް

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާއަދާ ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފ ކޮއިމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، މާލެ

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/1,100 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ ކޮމްޕިއުޓަރ ސައިންސް / ޓެލެކޮމިއުނިކޭޝަން)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މިނިސްޓްރީގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓެރެޓަޖީތަކާއި އެއްގޮތަށް މިނިސްޓްރީގެ ޕޮލިސީ އެންޑް ރެގިއުލޭޝަން ސެކްޝަންގެ މެންޑޭޓްގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި އެ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރު ކަމާއެކު ޑިޕާޓްމަންޓް ވެރިޔާ އަންގަވާ ގޮތެއްގެ މަތިން ރާވާ ހިންގާ ބެލެހެއްޓުން.

2. މިނިސްޓްރީއިން ހަދަންޖެހޭ އެއްބަސްވުންތަކާއި ޤަވާޢިދުތަކާއި އަދި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތުގައި ޑިޕާޓްމަންޓުގެ ވެރިޔާއަށް އެހީތެރިވެ ދިނުމާއި ސެކްޝަން ލެވެލްގައި މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އެ އެބަސްވުންތަކާއި ޤަވާޢިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެއުމުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.

3. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތައް ހިންގުމުގައި ގާނޫނާއި ގަވާއިދު ހިފެހެއްޓުމަށްޓަކައި ހަދަންޖެހޭ ގައިޑްލައިންތަކާއި ހިފަހަށްޓަންޖެހޭ މިންގަނޑުތައް އެކުލަވާލުމާއި މިކަންކަމުގައި ޑިޕާޓްމްންޓުގެ ވެރިޔާއަށް އެހީތެރިވެ ދިނުން.

4. މިނިސްޓަރ އަދި ޒިންމާދާރު އިސްވެރިޔާ އަދި ޑިޕާޓްމަންޓުގެ ވެރިޔާގެ އިރުޝާދާއި މަޝްވަރާއާއެކު  މިނިސްޓްރީގެ ސްޓްރެޓީޖިކް ޕްލޭން އެކުލުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަން ލެވެލްގައި ހޯދުމާއި، މިނިސްޓްރީގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާ މަޝްރޫޢޫތައް އެކުލަވާލައި، އެ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުމަށް ޑިޕާޓްމަންޓްގެ ވެރިޔާއަށް އެހީތެރިވެދިނުން.

5. ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ޑިޕާޓްމަންޓުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން

6. ޕޮލިސީ އެންޑް ރެގިއުލޭޝަން ސެކްޝަންގެ މުވައްޒަފުން ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް އެއިރަކު ހުންނަވާ އެންމެ އިސްވެރިއެއްގެ މަޝްވަރާގެ މަތިން ނިންމުން.

7. ޕޮލިސީ އެންޑް ރެގިއުލޭޝަން ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމުގައި ކުރަންޖެހޭ އިންތިޒާމްތައްކޮށް އެކަންކަން ރާވައި ހިންގުން

8. މިނިސްޓްރީއިން ރާވާ ހިންގާ އެންމެހައި ޕޮރެޖެކްޓައް ހިނގަމުންދަނީ ހަލުވި ސްޕީޑްގައިތޯބަލައި، ޕޮރެޖެކްޓްތައް ހަލުވި ކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވާ ކުރިއަށް ގެންދިއުން އަދި ނިންމަންޖެހޭ ނިންމުންތައް ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ނިންމުން

9. ޕޮލިސީ އެންޑް ރެގިއުލޭޝަން ސެކްޝަނުގެ މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެކަންކަމަށް ޕަރމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު އިންސާފު ގެނައުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމާއެކު ކަނޑައެޅިފައިވާ ތާރީޚްގައި އެޕްރައިޒަލް ފޯމް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.

10. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ޙާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް:

1. ކޮމްޕިއުޓަރ ސައިންސް ނުވަތަ ޓެލެކޮމިއުނިކޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ކޮމްޕިއުޓަރ ސައިންސް ނުވަތަ ޓެލެކޮމިއުނިކޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތައުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

85

20

25

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިޙާން / ޕްރެކްޓިކަލްސް

50

20

50

އިންޓަވިއު އަދި ޕްރެޒެންޓޭޝަން

100

30

ޖުމްލަ

295

100

100

 

އަދި މިމަޤާމަށް އައްޔަނު ކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް، "ލިބިފައިވާ ހުނަރު" ގެ ބަޔަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓް %50 (ފަންސާސް އިންސައްތަ) އަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވާނަމައެވެ. މީގެ އިތުރުން، ސްކްރީން ކުރުމުގެ މަރުހަލާގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި "ލިބިފައިވާ ހުނަރު" ދެނެގަތުމުގެ ބައިގައި ހިމެނޭ އެއްވެސް މަރުހަލާއެއް (އިމްތިޙާން/ޕްރެކްޓިކަލްސް، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން) ފުރިހަމަ ނުކޮށްފިނަމަ، އެ މަރުހަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ ފަރާތް ޑިސްކޮލިފައި ވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 01 މަރޗް 2020 އާއި 12 މަރޗް 2020 އާ ދެމެދު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3302200 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                 17 ފެބްރުއަރީ 2020

17 ފެބުރުވަރީ 2020
ހޯދާ