ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ މާރކެޓް ރިސާރޗް އެންޑް ޕްލޭނިންގ އެގްޒެކްޓިވް

މަޤާމް :ސީނިއަރ މާރކެޓް ރިސާރޗް އެންޑް ޕްލޭނިންގ އެގްޒެކްޓިވް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް

ސީނިއަރ މާރކެޓް ރިސާރޗް އެންޑް ޕްލޭނިންގ އެގްޒެކްޓިވް

އަސާސީ މުސާރަ

 -/8,150ރުފިޔާ

އެލަވަންސްތައް:

-/3,000ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 3

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ސޭލްސް އެންޑް މާރކެޓިންގ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

 • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 • މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއިން އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން  ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • މާރކެޓްގައި ކުންފުނީގެ ޕޮޒިޝަން ދެނެގަތުމަށް ހަދަންޖެހޭ ރިސާރޗްތައް ރާވާ ހިންގާ، ފައިންޑިންގްސް ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުން
 • ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ހޯދުމަށް ހަދަންޖެހޭ އެންމެހާ ރިސާރޗް ހެދުމާއި މި ފައިންޑިންގްސް ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކޮށް ރިވިއު ކުރުން
 • ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ހަދަންޖެހޭ އިންޓަނަލް ރިސާރޗް ހެދުމާއި ކޯސްޓް އިފެކްޓިވް އޮޕަރޭޝަންއަކަށް ދިޔުމަށް ކުރަންޖެހޭ ކަންތައްތައް ހޯދާ މިކަމާއިބެހޭ ރިޕޯޓް ތައްޔާރުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުން
 • ކުންފުނީގެ ފަރާތުން ހަދަންޖެހޭ އެހެނިހެން ޕްލޭންތަކާއި ރިސާރޗް ތައް ހެދުމާއި މިކަމާއި ގުޅިގެން ހަދަންޖެހޭ ޕްރެޒެންޓޭޝަންތައް ހެދުން
 • ކުންފުނީގެ އިމޭޖް ރަނގަޅުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތައް ޕްލެންކޮށް ކަމާއިގުލުންހުރި ފަރާތްތަކާއި ހިއްސާކޮށް މި ކަން އިމްޕްލިމެންޓް ކުރުމުގެ އެންމެހާ މަސައްކަތްކުރުން
 • ސޭލްސް އެންޑް މާކެޓިންގ އިން ރާވައި އިންތިޒާމުކުރާ އެންމެހައި އިވެންޓްތަކާއި / ޕްރޮޖެކްޓްތަކާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އިވެންޓް / ޕްރޮޖެކްޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
 • މިމަގާމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތަތަކާއި ގުޅިގެން ކުރެވޭ މުހިންމު ކޮމިއުނިކޭޝަންތަކުގެ ރެކޯޑް ބަލަހައްޓާ ފައިލްކުރަންޖެހޭ އެންމެހާ ޑޮކިއުމަންޓްތައް ގަވާއިދުން ފައިލްކުރުން
 • ކުންފުނީގެ ފަރާތުން ހިންގާ އަދި ބައިވެރިވާ ބޮޑެތި ޕްރޮޖެކްޓް ތަކުގައި ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓާއި ހަވާލުވާ މަސައްކަތައް ކުރުން.
 • ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ޑިޕާރޓްމަންޓްގެ ހިންގުމާއިޙަވާލުވެ ހުރިފަރާތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން. މި މަޢުލޫމާތު ސުޕަވައިޒަރާއި ހިއްސާކުރުން.
 • މީގެ އިތުރުން، (މަތީގައި ބަޔާންވެފައި ނުވި ނަމަވެސް) މަސައްކަތާއި / ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
 • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
 • ޕޮލިސް ރިޕޯރޓް

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2020 ފެބުރުވަރީ 23 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers  އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ  [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

                                                                                                                                                        

                           23 ޖުމާދަލްއާޚިރާ 1441

17 ފެބުރުވަރީ 2020
ހޯދާ