ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އައްޑޫ އިންޓަރނެޝަނަލް އެއަރޕޯރޓް (އޭ.އައި.އޭ) ގައި ހިމެނޭ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ ހިއްސާ ދޫކޮށްލުން

އައްޑޫ އިންޓަރނެޝަނަލް އެއަރޕޯރޓް (އޭ.އައި.އޭ) ގައި ހިމެނޭ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ ހިއްސާ ދޫކޮށްލުން.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑު (އޭ.އައި.އޭ) އަކީ ދިވެހި ދަޢުލަތާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާއި އެސްޓީއޯ ގެ ހިއްސާ ހިމެނޭގޮތަށް،  2011 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ލިމިޓެޑު ލަޔަބިލިޓީ ކުންފުންޏެކެވެ. އޭ.އައި.އޭ ގައި  މި ކުންފުނީގެ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1,000.00ރ. ގެ 40,000.00 އާންމު ހިއްސާއެވެ.

އޭ.އައި.އޭގައި ހިމެނޭ މިކުންފުނީގެ އެންމެހައި ހިއްސާ ވަނީ، އެ ކުންފުނީގެ މައި ޙިއްޞާދާރު ކަމުގައިވާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމަވާފައެވެ. މިގޮތުން، އޭ.އައި.އޭގައި ހިމެނޭ މިކުންފުނީގެ އެންމެހައި ހިއްސާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރެވެނީ، މި ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށެވެ.

ވީމާ، މިކަން ކުންފުނީގެ އެންމެހައި ޙިއްޞާދާރުންގެ މައުލޫމާތަށްތަކައި ދެންނެވީމެވެ.

 

16 ފެބްރުއަރީ 2020

16 ފެބުރުވަރީ 2020
ހޯދާ