މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޓެކްސް ކްލިޔަރަންސް ރިޕޯޓް ހުށަހެޅުމާބެހޭ

އިޢްލާން

މިމިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކުން ތިރީގައިބަޔާން ކޮށްފައިވާ ޚިދުމަތްތަކަށް އެދޭއިރު މީގެ ކުރިން ހުށަހަޅަމުންއައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިޔަރަންސް ރިޕޯޓް، 17 ފެބްރުއަރީ 2020 އިން ފެށިގެން ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. 

1- އަމިއްލަ ފަރުދުންގެ ވިޔަފާރި ބާޠިލްކުރުމަށް އެދުން. 

2- ކުންފުނި / ޕާޓްނަރޝިޕް / ކޯޕަރޭޓިވް ސޮސައިޓީ އުވާލުމަށް ހުށަހެޅުން

3- ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ (އެމްޕްލޮއިމަންޓް އެޖެންސީ) ރަޖިސްޓްރީކުރުމަށް އަދި ބާޠިލްކުރުމަށް އެދުން.

 މި މިޢްލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ކޯލް ސެންޓަރ 1691 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

 

16 ފެބުރުވަރީ 2020
ހޯދާ