ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2020/50
|
ތާރީޚް: 15 ފެބުރުވަރީ 2020
|
މަޤާމު
|
ސިވިލް އިންޖިނިއަރ
|
ރޭންކް: އެމް.އެސް 3
|
ޢަދަދު
|
01
|
ކްލެސިފިކޭޝަން
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/7,035 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/3,517.50 (އަސާސީ މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމި ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއެް ޙާޞިލުކޮށްފައިވުން.
|
އެހެނިހެން ޝަރުތު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން ބެލެހެއްޓުން.
- ޝަރުޢީ ދާއިރާއިން ކުރަންޖެހޭ އެންމެހާ ޢިމާރާތްތައްކުރުމާއި، ޖާގައިތުރުކުރުމަށް ހުށަހެޅޭ ކޯޓުތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުމާއި، މަސައްކަތުގެ މަޢުލޫމާތު ޝީޓާއި، ބީ.އޯ.ކިއު ތައްޔާރުކުރުމާއި، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް، މަސައްކަތް ޙަވާލުކުރުމާއި، މި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ޙާލަތު ވަޒަންކުރުމުގެ ގޮތުން ސައިޓް އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމާއި، ފީޒިބިލިޓީ ސްޓަޑީސް ހަދައި ތައްޔާރުކުރެވޭ ރިޕޯޓްސްތައް ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.
- ޝަރުޢީދާއިރާއިން ކުރިއަށް އޮތް އަހަރަށް ކުރިއަށް ގެންދިއުމަށް ކަނޑައެޅޭ ޕްރޮޖެކްޓްތަކުގެ އެސްޓިމޭޓެޑް ބަޖެޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީދާއިރާއިން ހިންގޭ ޕްރޮޖެކްޓްތަށް ޤަވާޢިދުން ސުޕަރވައިޒްކޮށް، ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނުނިންމާ، އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތެއް ކަނޑައަޅައި ޤަވާޢިދުން ފިޔަވަޅު އެޅުން.
- ޝަރުޢީދާއިރާއިން ކުރަންޖެހޭ އެންމެހާ ޢިމާރާތްތަކާ ގުޅޭގޮތުން ޓެންޑަރ ބޯޑަށް ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ހުށަހެޅުން.
- ޝަރުޢީދާއިރާގެ ކޯޓުތަކާއި އިދާރާތަކުން ޖާގައިތުރުކުރުމަށާއި، މަރާމާތުކުރުމަށްޓަކައި ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިއުން.
- މި ޑިޕާޓްމަންޓުން ކުރާ ޢިމާރާތްތަކާ ގުޅޭގޮތުން ދަޢުލަތުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- ކޯޓުތަކަށް ލިބޭ ތަފާތު ގެއްލުންތަކުގެ މަޢުލޫމާތު އެއްކޮށް ރެކޯޑު ބެލެހެއްޓުމާއި އަދި ތަފާތު ގެއްލުންތައް ލިބިގެން މަރާމާތު ކުރަން ނުވަތަ އަލުން ޢިމާރާތް ކުރަންޖެހޭ ކޯޓުތައް މަރާމާތުކުރުމާއި ޢިމާރާތް ކުރުމުގެ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
|
ތަޢުލީމީ ރޮނގު
|
ކޮންސްޓްރަކްޝަންސް އިންޖިނިއަރިންގ މެނޭޖްމަންޓް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
ސިވިލް އިންޖިނިއަރިންގ / އަރކިޓެކްޗަރ / ބިލްޑިންގ ކޮންސްޓްރަކްޝަން، އަދި މިނޫންވެސް މަސައްކަތާ ގުޅުންހުރި ސެޓްފިކެޓްތައް.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
|
ސުންގަޑި
|
2020 ފެބުރުވަރީ 24 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340853 / 3340858
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ތަޢުލީމް
|
30%
|
ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް
|
5%
|
މަސައްކަތު ތަޖުރިބާ
|
15%
|
ޕްރެކްޓިކަލް ޓެސްޓް
|
20%
|
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު
|
30%
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްތަކުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
- މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ހިގަމުންދާ ސައިޓްތަކުގައި މަސައްކަތްކުރުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ފަރިތަކަމާއި އެކު ދިވެހިބަހުންނާއި، އިނގިރޭސިބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް، ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިންގ ސޮފްޓް ވެއަރ، އަދި އެހެނިހެން ޑިޒައިން ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވުން.
- މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށްވުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓްކުރުވުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށްވުން.
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓަރ ކުރެވިފައިވާ އިންޖިނިއަރަކަށްވުން.
- ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އަދި ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކާއި، އުޞޫލުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|