މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

    ކ. ގާފަރު،                                 

    ދިވެހިރާއްޖެ                                     ނަމްބަރު: 331/331/2020/9(IUL)

 

                   އިޢުލާން

 

          އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ ބޭފުޅުން ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

  • ބޭނުންވާ ޢަދަދު: ފިރެހެން - 1 (އެކެއް)

           އަންހެން - 1 (އެކެއް)

ޝަރުތު

-          ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވުމާއިއެކު ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-          ޑްރައިވިންގ ސްކޫލަކާއި އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.

 

  • އުޖޫރަ: A,A1 ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ 15/-ރ. (ފަނަރަ ރުފިޔާ)
  •      އެހެނިހެން ގިންތީގެ އުޅަނދެއް އިމްތިޙާނު ކުރާނަމަ 25/-ރ. (ފަންސަވީސް ރުފިޔާ)

           އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. މިގޮތުން އެގްޒަމިނަރުން ހޮވުމުގައި މިއިދާރާއަށް ފެނިއްޖެނަމަ ކުރުމަތިލާ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 24 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13:30 ގެކުރިން މިއިދާރާއިން ދޫކުރާފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

13 ފެބުރުވަރީ 2020
ހޯދާ