ޑްރަގް ކޯޓު
ދިވެހިރާއްޖެ
ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

ޑްރަގް ކޯޓުގެ ނަންބަރު A1/1/2020/02-IUL)435) (13 ޖަނަވަރީ 2020) ޢިއުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.  

 

(IUL)435-A1/1/2020/03ނަންބަރު:                                      

ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

 

ތިރީގައި މިދަންނަވާ ތަކެތި މިކޯޓަށް ގަންނަން ބޭނުންވެއެވެ. ވީމާ މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ބޭނުންވާ ތަކެތި

އަދަދު

01

i7 Computer

5

02

i5 Laptop

4

03

Multimedia Projector

1

 

މާކްސް ދޭނެ ގޮތް:

-           އަގަށް : %70 ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް )

-           ޑެލިވަރީ މުއްދަތު : (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

-          ތަޖުރިބާ : (2011 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި އެންމެގިނައިން ސަޕްލައި ކޮށްދީފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

 

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

-          އަންދާސީ ހިސާބު ހުށަހަޅޭނީ ލިސްޓު ކުރެވިފައިވާ އައިޓަމްތަކުގެ ތެރެއިން ކޮމްޕިއުޓަރ އަދި ލެޕްޓޮޕްއަށް ވަކި އަންދާސީއެއް އަދި ޕްރޮޖެކްޓަރަށް ވަކި އަންދާސީ ހިސާބެކެވެ.

-          ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހަޅަން ވާނެއެވެ.

-           އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.    

-          އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. 

-           ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާން ކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. 

ހުށަހަޅަންޖެހޭ ތަކެތި

-           ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 

-           އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

-           ޖީ.އެސް.ޓީ. އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

-           ހުށަހެޅިފައިވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

-           އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.

-          ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ

-            އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓާރ ފަދަ ލިޔުންތަކަށެވެ.

-          ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 23 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 10:00 އަށް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ  ބޭރުގައި   އިޢުލާން   ނަންބަރު  އަދި "އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅޭ ސާމާނު ވިއްކުމަށް އެދި"  ލިޔެވިފައި   އޮންނަންވާނެއެވެ.  އަދި  ތިރީގައިވާގޮތަށް  އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ޑްރަގް ކޯޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ޔުނިޓް

މާލެ، ދިވެހިރާއްޖެ

 

އަންދާސީ ހިސާބު ހުޅުވުން

އަންދާސީ  ހިސާބު ހުޅުވާނީ 23 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 10:00 ގައި ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ  މީޓިންގ ރޫމްގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރީއެއްގައެވެ. މިކަމާ  ބެހޭގޮތުން  އިތުރު  މަޢުލޫމާތު ހޯއްދެވުމަށް  

[email protected] އަށް މެއިލް  ކުރެއްވުން އެދެމެވެ. ނުވަތަ 3018556 އަށް ގުޅުއްވުން އެދެމެވެ

                 

19 ޖުމާދަލްއާޚިރާ 1441

13 ފެބްރުއަރީ  2020

 

 

13 ފެބުރުވަރީ 2020
ހޯދާ