ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ، ކެންޓީނު، ރެސްޓޯރެންޓް ހިންގުންފަދަ މަސައްކަތަށް ބިން ދޫކުރުން

ހޮޓާ، ކެންޓީނު، ރެސްޓޯރެންޓް ހިންގުންފަދަ މަސައްކަތަށް ބިން ދޫކުރުން :

 

ނިލަންދޫ ކުޑަކުދިންގެ ޕާކުގައި ހަދަންފަށާފައިވާ އިމާރާތް ހިމެނޭ ސަރަހައްދުން ކުޑަކުދިންގެ ޕާކުގެ އުތުރުކޮޅުން 5184.96 ( ފަސްހާސް އެއްސަތޭކަ ސައުރަޔާހި ޕޮއިންޓް ނުވައެއް ހައެއް ) ގެ އަކަފޫޓުގެ ބިން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.

  މިމަސައްކަތާއި ގުޅޭ އިތުރު ތަފްސީލް މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި ، ވެބުސައިޓުން އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2020 ފެބުރުވަރީ 12 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.

  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  2020 ފެބުރުވަރީ 24 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ  ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު މިއިދާރާގެ ވެބުސައިޓާއި ފޭސްބުކު ޕޭޖުންވެސް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކު ޕޭޖުގެ އެޑްރެހަކީ (fb id:Faafu Nilandhoo Council Idhaaraa) އެވެ.  ވެބުސައިޓް އެޑްރެސް މިކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

 

18 ޖުމާދަލްއާޚިރާ   1441

12 ފެބުރުވަރީ     2020 

12 ފެބުރުވަރީ 2020
ހޯދާ