ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
1 ކޮޓަރީގެ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

މި ސްކޫލަށް 1 އަހަރުދުވަހުގެ މުއްދަތަށް 1 ކޮޓަރީގެ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކުއްޔަށް ހިފަން ކުރި ފުރަތަމަ އިޢުލާން (GS03/IUL/2020/05) އަށް އެއްވެސް ފަރާތްތަކުން ކުރިމަތިލާފައި ނުވާތީއަލުން ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނުގެ ދަށުން  ކުއްޔަށް ދޫކުރާ އެޕާޓްމަންޓް ނުވަތަ ގެއަކީ، ތިރީގައި މި ދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 1 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ސިޓިންރޫމަކާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
  • އެޕާޓްމަންޓްގެ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށި ޖަހައި، ސީލިންގކޮށްފައިހުރުން.
  • ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކު ހަރުކޮށް، ބަދިގޭގައި ބޭނުންކުރާ ހިފައި ގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި، މޭޒު ހުރުން.
  • ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
  • މީގެ އިތުރަށް އެޕާޓްމަންޓްގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާ ތަކެތި ހަމައަށް ހުރުން. (މި ލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިލައްވާނެއެވެ.)

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ އެޕާޓްމަންޓެއް ނުވަތަ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2020 ފެބްރުއަރީ 18 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބްރުއަރީ 24 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއި މައުލޫމާތު ސާފުކުރާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ އާއިއެކު ބޭފުޅަކު ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައި.ޑީ.ކާރޑްގެ އަސްލު ގެންނެވުން އެދެމެވެ.

         ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

 

11 ފެބްރުވަރީ 2020

 

ޑރ.އާސިޔަތު މުޙައްމަދު ދީދީ

                                              

 

11 ފެބުރުވަރީ 2020
ހޯދާ