ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް (ގްރޭޓަރ މާލެ ޒޯން އަދި ސެންޓްރަލް ޒޯން) 2020

17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ގްރޭޓަރ މާލެ ޒޯން އަދި ސެންޓްރަލް ޒޯން- 06 ން 14 މާރިޗު 2020 ށް ޝެޑިއުލް ކުރެވިފައިވުމާއި އެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިމުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި ސްކޫލް/ މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް 20 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ.

އަދި، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ސުކޫލް ތަކުން 23 ފެބްރުއަރީ 2020 ވާ  އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމް، އައިޑީކާޑު ކޮޕީ އަދި ޕާސްޕޯޓުސައިޒް ފޮޓޯ ބެޑްމިންޓަން އެސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ހަވީރު 16:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާއިދު: 

 ޑައުންލޯޑް ކުރުމަށް ވެބްސައިޓް www.badmintonmaldives.org.mv

 

މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

15 އަހަރުންދަށް، (އަންހެން / ފިރިހެން)

17 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

 

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

13 އަހަރުންދަށް، (ސިންގަލްސް)

15 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

 

06 ފެބްރުއަރީ 2020 

06 ފެބުރުވަރީ 2020
ހޯދާ