މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފާމަސީ އަކާއި ފިހާރަ (ކޮންވީނިއަންސް ސްޓޯރ) އެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފާމަސީ އަކާއި ފިހާރަ (ކޮންވީނިއަންސް ސްޓޯރ) އެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

1. ފާމަސީ އާއި ފިހާރަ ޤާއިމް ކުރެވޭނެ ސަރަހައްދު އަދި ބޮޑުމިން

އިންޓަނޭޝަނަލް ޕެސެންޖަރ ޓާރމިނަލްގެ ލޭންޑްސައިޑްގައި 27.71 އަކަމީޓަރުގެ ޖާގައިގެ ފިހާރަ (ކޮންވީނިއަންސް ސްޓޯރ) އަދި އެފިހާރައާއި އިންވެގެން 10.63 އަކަމީޓަރުގެ ފާމަސީ ހަދާނެ ޖާގަ ބީލަމަށް ކުރިމަތިލާ ފަރާތުން ތަނުގެ އިންޓީރިއާ ފެންވަރު ރަގަޅުކޮށް ހިންގަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

2. ބީލަމުގައި ބައިވެރިވެވޭނެ އަދި މަސައްކަތް ހަވާލު ކުރެވޭނެ ފަރާތްތައް

ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ސޯލް ޕްރޮޕްރިއޭޓަރޝިޕް، ލިމިޓެޑް ލަޔަބިލިޓީ ކުންފުނި ނުވަތަ ކޯޕަރޭޓިވް އާއި ޕާޓްނަރޝިޕް ތަކަށެވެ. އަދި ބީލަން ހުށަހަޅާ ފަރާތަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވިގެން މަދުވެގެން 01 (އެކެއް) އަހަރު މެދު ކެނޑުމެއްނެތި ފާމަސީއެއް ހިންގަމުން އައިސްފައިވާ ފަރާތަކަށް ވާންވާނެއެވެ.

ނޯޓް: ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

3. ބީލަން ފޮތް ލިބޭނެ ގޮތް

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝަައުގުވެރިކަން ފާޅުކޮށް އީމެއިލް ([email protected] އަށް) ނުވަތަ ސިޓީ 11 ފެބުރުވަރީ 2020 ން 13 ފެބުރުވަރީ 2020 އާއި ދެމެދު (08:30 އާއި 15:30 އާއި ދެމެދު) ފޮނުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވޭނީ 11 ފެބުރުވަރީ 2020 ން 13 ފެބުރުވަރީ 2020  (08:30 އާއި 15:30 އާއި ދެމެދު)  މިކުންފުނީގެ ކޮމާޝަލް ޑިޕާރޓްމަންޓުންނެވެ. ބީލަމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިކަން ފާޅުކޮށް ފޮނުވާ އީމެެއިލް ނުވަތަ ސިޓީއާއި އެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ، ގުޅޭނެ ފަރާތެއްގެ ނަމާއި  ފޯނު ނަންބަރު، އައި.ޑީ.ކާޑް ނަންބަރު، އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ.

 

4. ޕްރީބިޑް ބައްދަލުވުން (މައުލޫމާތު ދިނުމުގެ ބައްދަލުވުން)

4.1   މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް 16 ފެބުރުވަރީ 2020 ވަނަ ދުވަހުގެ  15:30ގައި ޕްރީބިޑް ބައްދަލުވުމެއް މިކުންފުނީގެ ކޯޕަރޭޓް އޮފީހުގެ ފުރަތަމަ ފަންގިފިލާގެ މީޓިންގ ރޫމްގައި (އެޗް.އާރ މީޓިންގ ރޫމް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ލިބިލައްވާ އެންމެހައި ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

4.2   މަޢުލޫމާތު ސާފުކުރުމަށް އެދި ފޮނުއްވާ ލިޔުންތައް އީމެއިލް ([email protected]) އަށް 16 ފެބުރުވަރީ 2020 ން 18 ފެބުރުވަރީ 2020 ގެ 15:30 ނިޔަލަށް މިކުންފުންޏަށް ފޮނުއްވުން އެދެމެވެ. އަދި މިތާރީޚުގެ ފަހުން ލިބޭ ސުވާލުުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައެއްނުވެއެވެ. ލިޔުމުން ފޮނުވާ ސުވާލުތަކާއި އޭގެ ޖަވާބު ބީލަން ފޮތް ލިބިފައިވާ އެންމެހާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.   

 

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 03 މާރިޗު 2020 ވަނަ ދުވަހުގެ 12:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ
03 މާރިޗު 2020 ވަނަ ދުވަހުގެ 12:00 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

6. އިތުރު މައުލޫމާތު ހޯއްދެވުމަށް:

ކޮމާޝަލް ޑިޕާރޓްމަންޓް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ހުޅުލެ 22000، ދިވެހިރާއްޖެ

ފޯން:  3337215 ، 3337040

އީ-މެއިލް: [email protected]

10 ފެބުރުވަރީ 2020
ހޯދާ