މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފުރުޓް ކިއޮސްކް އެއް ބީލަމަށް ކުރިމަތިލާ ފަރާތުގެ ޚަރަދުގައި ހަދާ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފުރުޓް ކިއޮސްކް އެއް ބީލަމަށް ކުރިމަތިލާ ފަރާތުގެ ޚަރަދުގައި ހަދާ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

1. ފުރުޓް ކިއޮސްކް ޤާއިމު ކުރެވޭނެ ސަރަހައްދުގެ ބޮޑުމިން

ފުރުޓް ކިއޮސްކް ޤާއިމް ކުރެވޭނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވޯޓަރ ފުރޮންޓް ރެސްޓޯރަންޓް އިމާރާތުގެ ގްރައުންޑް ފްލޯ ގައެވެ. އަދި ކިއޮސްކްގެ ބޮޑުމިނަކީ 3 އަކަމީޓަރެވެ.

 

2. ބީލަމުގައި ބައިވެރިވެވޭނެ އަދި މަސައްކަތް ހަވާލު ކުރެވޭނެ ފަރާތްތައް

ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓަރީ ކުރެވިފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ސޯލް ޕްރޮޕްރިއޭޓަރޝިޕް، ލިމިޓެޑް ލަޔަބިލިޓީ ކުންފުނި ނުވަތަ ކޯޕަރޭޓިވް އާއި ޕާޓްނަރޝިޕް ތަކަށެވެ.

ނޯޓް: ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

3. ބީލަން ފޮތް ލިބޭނެ ގޮތް

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އީމެއިލް ([email protected] އަށް) ނުވަތަ ސިޓީ 11 ފެބްރުވަރީ 2020 ން 17 ފެބުރުވަރީ 2020 އާއި ދެމެދު (08:30 އާއި 15:30 އާއި ދެމެދު) ފޮނުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވޭނީ 17 ފެބުރުވަރީ 2020 ން 19 ފެބުރުވަރީ 2020 (08:30 އާއި 15:30 އާއި ދެމެދު) މިކުންފުނީގެ ކޮމާޝަލް ޑިޕާރޓްމަންޓުންނެވެ. ބީލަމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިކަން ފާޅުކޮށް ފޮނުވާ އީމެއިލް ނުވަތަ ސިޓީއާއި އެކު ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ، ގުޅޭނެ ފަރާތެއްގެ ނަން، ގުޅޭނެ ފޯނު ނަންބަރު، އައި.ޑީ.ކާޑް ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ.

 

4. ޕްރީބިޑް ބައްދަލުވުން (މައުލޫމާތު ދިނުމުގެ ބައްދަލުވުން)

4.1   މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް 23 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 10:00 ގައި ޕްރީބިޑް ބައްދަލުވުމެއް މިކުންފުނީގެ ކޯޕަރޭޓް އޮފީހުގެ ފުރަތަމަ ފަންގިފިލާގެ މީޓިންގ ރޫމްގައި (އެޗް.އާރ މީޓިންގ ރޫމް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ލިބިލައްވާ އެންމެހައި ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

4.2   މަޢުލޫމާތު ސާފުކުރުމަށް އެދި ފޮނުއްވާ ލިޔުންތައް 17 ފެބުރުވަރީ 2020 ން 24 ފެބުރުވަރީ 2020 ގެ ނިޔަލަށް (ކޮންމެ ދުވަހެއްގެ 08:30 އިން 15:30 އާއި ދެމެދުގެ ގަޑިތަކުގައި) މިކުންފުނީގެ ކޮމާޝަލް ޑިޕާޓްމަންޓަށް ފޮނުއްވުން އެދެމެވެ. ސުވާލުތައް އީމެއިލް ކުރައްވާނަމަ ފޮނުއްވާނީ [email protected] އަށެވެ. އަދި މިތާރީޚުގެ ފަހުން ލިބޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައެއްނުވެއެވެ. ލިޔުމުން ފޮނުވާ ސުވާލުތަކާއި އޭގެ ޖަވާބު ބީލަން ފޮތް ލިބިފައިވާ އެންމެހާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.   

 

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 08 މާރިޗު 2020 ވަނަ ދުވަހުގެ 10:30 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ
08 މާރިޗު 2020 ވަނަ ދުވަހުގެ 10:30 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

6. އިތުރު މައުލޫމާތު ހޯއްދެވުމަށް:

ކޮމާޝަލް ޑިޕާރޓްމަންޓް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ހުޅުލެ 22000، ދިވެހިރާއްޖެ

ފޯން:  3337156، 33325511 – އެކްސްޓެންޝަން 7052

އީ-މެއިލް: [email protected]

10 ފެބުރުވަރީ 2020
ހޯދާ