ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ދޫކުމާއިގުޅޭ

އިޢުލާން 

ބަންޑާރަ ގޯތި ދޫކުމާއިގުޅޭ

               ހއ. ކެލާ އިން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 68 ބަންޑާރަ ގޯތީގެ ގުރުއަތުލުން 2020 ފެބްރުއަރީ 15 ވާ ހޮނިހިރު ދުވަހުގެ 14:00 ގައި މިރަށު ޒުވާނުންގެ މަރުކަޒުގައި އޮންނާނެއެވެ. އަދި ގުރުއަތުލުމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައި ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

               ވީމާ، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުން މި ބައްދަލުވުންތަކުގައި ބައިވެރިވެދެއްވުމަށް ދަންނަވަމެވެ. އަދި ގޯތި ލިބޭ ފަރާތުގެ ބަދަލުގައި ގުރުއަތުލުމުގެ ބައްދަލުވުމަށް ބޭފުޅަކު ފޮނުވާނަމަ، ބަދަލުގައި އަންނަ މީހާގެ އައިޑީކާޑު ކޮޕީއާއިއެކު ގޯތިލިބޭ ފަރާތުގެ އިނގިލީގެ ނިޝާން އަދި ސޮއި ޖެހި ލިޔުމެއް ގެންނެވުން އެދެމެވެ.

 

09 ފެބްރުއަރީ 2020

09 ފެބުރުވަރީ 2020
ހޯދާ