މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު

J-319927

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ހިއުމަން ރިސޯސް ޑިވިޜަން، ފޮރިންގ ރެކްރޫޓްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތް

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ދުވަހުން ދުވަހަށް ކަނޑައެޅިފައިވާ އަތޮޅު ތަކުގެ ވޯރކްޕާރމިޓް އިމިގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެމިގުރޭޝަނަށް ހުށަހުޅުން
  2. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކްޕާމިޓް ދުވަހުން ދުވަހަށް އެމްޕުލޯއިމަނޓް އެޕްރޫވަލްގެ މައްދަތު އިތުރުކުރުމަށް އިމިގުރޭޝަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަންޑައެޅިފައިވާ މުއްދަތު ހަމަވުމުގެ އެއްމަސް ކުރިން އެންޕްލޯޔިމަންޓް އެޕްރޫވަލް އެކްސްޓެންޝަން އެމިގުރޭޝަނަށް ހުށަހުޅުން
  3. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ އެމްޕުލޯޔިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމަށް ފަހު ފީދެއްކުމަށް މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް އެމްޕުލޯއިމަންޓް އެޕްރޫވަލް އިމިގުރޭޝަނުން ދޫކުރާތާ ލަސްވެގެން ހަފްތާއެއްތެރޭ މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީއަށްހުށަހުޅުން
  4. މިނިސްޓްރީ އާއިއެކު ކޮންޓުރެކޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ދުވަހުން ދުވަހަށް، ވިސާ އިތުރުކުރުމަށް އިމެގުރޭސަނަށް ހުށަހެޅުމަށް ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ކަންޑައެޅިފައިވާ މުއްދަތު ހަމަވުމުގެ އެއްމަސް ކުރިން ވިސާ އެކްސްޓެންޝަނަށް އެމެގުރޭޝަނަށް ހުށަހުޅުން
  5. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ފީދެއްކުމަށްފަހު ތައްޔަރުކުރަންޖެހޭ ލިޔެ ކިއުންތަށް ތައްޔާރުކޮށް ވިސާކަރޑް އާކުރުމަށް އިމަގުރޭޝަނަށް ލަސްވެގެން ހަފްތާއެއްތެރޭ ހުށަހުޅުން
  6. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވިސާ ޖެހުމަށްފަހު ޕާސްޕޯޓް އަދި ވިސަކަރޓް އިމިގުރޭޝަނުން ނިންމުމުން އެމިގުރޭޝަނުން ނެގުން. އަދި މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ ކޮންޓްރެކްޓް ހަމަވުމުށްފަހު އާނުކުރަ ފަރާތްތަކަށް އަދި ކޮންޓްރެކްޓް ބާތިލްކުރާފަރަތްތަކުގެ ވިސާކެންސަލް ކުރުމަށް ހަފްތާއެއްއެއްތެރޭ އިމެގުރޭޝަނަށް ހުށަހެޅުން.
  7. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބެންކު އެކައުންޓް ހުޅުވުމަށް މިނިސްޓްރީން ބޭނުންވާ ލިޔެކިއުންތަށް ދުވަހުންދުވަހަށް ދުކުރުން. އަދި ބިދޭސި މުވައްޒަފުންގެ މަސައްކަތު ތަޖްރިބާއާއި ގުޅޭގޮތުން ބޭނުންވާ އެކްސްޕީރިއަންސް ލެޓަރ ހުށައެޅުން.
  8. މިނިސްޓްރީ އާއިއެކު ކޮންޓުރެކްޓް ހެދިފައިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުން ޗުއްޓީ އަށްދިއުމަށް އަދި ޗުއްޓީ ނިންމުމަށްފަހު އަންނަ މުވައްޒަފުންގެ ލީވްއެޕްރޫވަލް އަދި ލީވް ކޮމްޕުލީޝަން ލެޓަރ ދުވަހަން ދުވަހަށް ދޫކުރުމާއި އެއްއަތޮޅުން އަނެއް އަތޮޅއަށް ބަދަލުކުރާ މުވައްޒަފުންނާ ކޮންޓްރެކްޓް ބާތިލް ކުރާ ފާރތްތަކުގެ އެންމެހާ ލިޔެކިއުންތަށް ތައްޔާރުކޮށް އަތޮޅުތަކަށް ފޮނުވުން.
  9. ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންނާ ގުޅޭގޮތުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް ފޮނުވުމާ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ދުވަހުން ދުވަހަށް ކުރުމާއި ބިދޭސީ މުވައްޒަފުންނަށް ޕާސްޕޯޓް އަދި ވިސާކާރޑް ކަނޑައެޅިފައިވާ ވަގުތު ތަކުގައި ދޫކުރުން.
  10. ކަނޑައެޅިފައިވާ އަތޮޅުތަކުގައި މަސަކަތްކުރާ ބިދޭސީ މުވައްޒަފުންގެ އެންމެހާ ލިޔެކިޔުންތަށް ރައްކާތެރިކާމާ އެކު ފައިލްކޮށް، ހޯދަން ޖެހޭ ވަގުތުތަކުގައި ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.އަދި ބިދޭސީ މުވައްޒަފުންގެ އެންމެހާ ރެކޯޑްތަށް ފަސޭހައިން ފެންނާހެން ކޮމްޕއުޓަރުގައި ބަލަހައްޓަމުން ގެންދިއުން.

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް

ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާއި ބެހޭ ޤާވާއިދު"ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ ،އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅާނަމަ، ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ،2020ވަނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާރިޗު މަހުގެތޭގައި މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014423 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާއެވެ.

 

09 ފެބުރުވަރީ 2020
ހޯދާ