މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދުވަހު ނީލަމުގައި ތަކެތި ވިއްކާލުން

މިމިނިސްޓްރީގައި ހުރި ގިނަދުވަސްވެފައިވާ ތާންގީއެއް ދުވަހު ނީލަމުގައި ވިއްކާލުން

ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން، ސަރުކާރުގެ އެއްވެސް އޮފީހަކުން ނުވަތަ މުޢައްސަސާއަކުން ބޭނުންވޭތޯ ބެލުމަށްފަހު އެއްވެސް އޮފީހަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، މި މިނިސްޓްރީގައި ހުރި ދުވަސްވީ ތާންގީއެއް ދުވަހު ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.

ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

ނީލަންކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަން އުސޫލުންނެވެ. މި ތާނގީ ގެ މިންތައް އެނގޭނޭ ކުރެހުމެއް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ނީލަންކިޔުން އޮންނާނީ 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި  އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައެވެ.

 

ނީލަން ކިޔާ ދުވަސް

ނީލަން ފަށާ ގަޑި

ނީލަން ކިޔުން އޮންނަ ތަން

13 ފެބްރުއަރީ 2020

14:00

އިސްލާމީ މަރުކަޒު ގޯތިތެރެ

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3020261 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

15 ޖުމާދަލް އާޚިރާ 1441

09 ފެބުރުވަރީ 2020
ހޯދާ