މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މަޤާމް

ޑިރެކްޓަރ     

މަގާމުގެ ނަންބަރު:

J 233287

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް /ކ. މާލެ ،

މުސާރަ:

-/8835  ރުފިޔާ

ސަރވިސް އެލަވަންސް:

-/2000  ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

3092/25 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

2473/80 ރުފިޔާ

މަގާމުގެ ޝަރުތު

  1. އެނާޖީ އިންޖިނިއަރިންގ ނުވަތަ  އެންވަޔަރަންމެންޓަލް ސައިންސް ގެ މަސައްކަތާ ގުޅޭ  ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،  އެންވަޔަރަމެންޓް ނުވަތަ  އެނަރޖީ އިންޖިނިއަރިންގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެނާޖީ އިންޖިނިއަރިންގ ނުވަތަ  އެންވަޔަރަންމެންޓަލް ސައިންސް ގެ މަސައްކަތާ ގުޅޭ  ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،  އެންވަޔަރަމެންޓް ނުވަތަ  އެނަރޖީ އިންޖިނިއަރިންގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ހަކަތައާބެހޭ ޤާނޫނާއި އޭގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ހަކަތައިގެ ސިޔާސަތުތަކާއި ފްރޭމަވާރކްތައް އެކުލަވާލައި، ސްޓްރެޓީޖިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރާވައި، އިންޕްލިމެންޓޭޝަން ޕްލޭންއެއްގެ ދަށުން ވޯރކް ޕްލޭން ތައްޔާރުކޮށް، އެޕްލޭންއާއި އެއްގޮތަށް ޑިޕަރޓްމަންޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުން.
  3. ބޭރުގެ ފަރާތްތަކާއި ގުޅިގެން ހަކަތައިގެ ދާއިރާ ތަރައްގީކުރުމަށް މަސައްކަތްކޮށް، ޑިޕަރޓްމަންޓުގެ މުވައްޒަފުން އެފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް މަގުދައްކައިދިނުން.
  4. ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތާއި އެއްބާރުލުން ދިނުން.
  5. ހަކަތައިގެ ދާއިރާއިން ތަޢާރަފްކުރެވޭ އައު ޓެކްނޮލޮޖީތަކާއި އެފަދަ ޓެކްނޮލޮޖީތައް ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ސަރުކާރަށާއި އަމިއްލަފަރާތްތަކަށް ލަފަޔާއި މަޝްވަރާ ދިނުން
  6. ހަކަތައިގެ ދާއިރާގެ ޕްރޮޖެކްޓްތައް ކުރިއަށް ދާ ގޮތް ބަލައި ޕްރޮޖެކްޓް ގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. ހަކަތައިގެ ދާއިރާއިން ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ބޭނުންވާ ލަފާއާއި މަޝްވަރާ ދިނުމާއި، ދާއިރާގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
  8. ޑިރެކްޓަރ ޖެނަރަލްއަށް ލަފާއާއި މަޝްވަރާ ދިނުމާއި، ދާއިރާގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
  9. ޑިޕަރޓްމަންޓުން ކުރާ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބަލައި، ދަށުން މަސައްކަތްކުރާ މުވަޒަފުން ސުޕަވައިޒްކުރުމާއި އެޕްރެއިޒް ކުރުމުގެ މަސައްކަތްކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ހަކަތައިގެ ދާއިރާގެ ޕޮލިސީތަކާ އެއްގޮތްވާގޮތުގެ މަތީން ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް އެކުލަވާލައި، ފައިނޭންސިންގ އަދި އިމްޕްލިމެންޓިންގ ޕްލޭން ތައްޔާރުކޮށް ޕްރޮޕޯސަލް ހަދައި ހުށަހެޅުން.
  2. ބޭރުގެ އެކި ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އެފަރާތްތަކަށް ޖަވާބުދިނުން
  3. ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެކިއެކި ފޯރަމްތަކުގައި މިނިސްޓްރީ ތަމްސީލުކުރުން.   
  4. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްގެ ކޮޕީ. 
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕް ކޮޕީ.  
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. 
    (ހ) ސިވިސް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި  ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 
    (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2020  ފެބުރުވަރީ  18 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 19 ފެބުރުވަރީ 2020 އާއި 27 ފެބުރުވަރީ 2020 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު ,3018330,30183283018329 އަށް ގުޅުއްވުން އެދެމެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނއެވެ.

                       15 ޖުމާދަލްއާޚިރާ  1441  

                        9 ފެބްރުއަރީ    2020     

09 ފެބުރުވަރީ 2020
ހޯދާ