ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މަޤާމް އޮތް ޔުނިޓް:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސާރވިސަސް ޔުނިޓް

ދާއިރާ:

އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 285/- (ދުއިސައްތަ އަށްޑިހަ ފަހެއް) ރުފިޔާ.

މި މުސާރަ ކަނޑައެޅިފައިވަނީ މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 4,465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ އާއި ސާރވިސް އެލަވަންސަށް މަހަކު ޖުމްލަ  1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ،  ސަޕޯޓިންގ ކޯ އެލަވަންސަށް މަހަކު ޖުމްލަ 700/-(ހަތްސަތޭކަ) ރުފިޔާ އަދި އިތުރުގަޑީގެ ފައިސާއަށް މަހަކު އެވަރެޖްކޮށް 745/- (ހަތްސަތޭކަ ސާޅީސް ފަހެއް) ރުފިޔާ ހިމެނޭގޮތުންނެވެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

  • ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް،
  • ހޮނިހިރު ދުވަހު 10:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

2-   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3-   ސާނަވީ ނުވަތަ އެއާއި އެއްފަންވަރުގެ އިމްތިޙާނަކުން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިޙާނަކުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ

4-   ގްރޭޑް 10 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. މައިކްރޯސޮފްޓް ވޯޑް ، އެކްސެލް ބޭނުންކޮށްގެން ލިޔުންތައް ތައްޔާރުކުރުމާއި މަޢްލޫމާތު ލިޔެ ބަލަހައްޓަން އެނގުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫ ކައުންސިލްގެ އިދާރާއިން ކުއްޔަށް ދޫކުރާ ތަކެއްޗާއި ބިންބިމާއި ޢިމާރާތްތަކާއި ފަރާއި ފަޅު ފަދަ ތަންތަން ކުއްޔަށް ދޫކުރުމަށް އެއްބަސްވުން ތައްޔާރުކުރުމާއި އެފަދަ ވަޞީލަތްތަކުން ނަފާ ހޯދުމަށް ކައުންސިލުން ކަނޑައަޅާ ސިޔާސަތުތައް ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ތަންފީޛް ކުރުން.
  2. މަސްވެރިކަން ކުރާ އުޅަނދުފަހަރާއި ފަޅުގޮވާން ކުރާ ފަރާތްތަކަށް ދޫކުރަންޖެހޭ މަސްވެރި ލައިސަންސާއި މަސްވެރިކަމާއި ބެހޭ ލިޔުންތައް ސުޕަރަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ޚިދުމަތް ލިބިދެވޭ ފަރާތްތަކަށް ދޫކޮށް ރެކޯޑް ބެލެހެއްޓުން.
  3. ތިނަދޫ ކައުންސިލުގެ އިދާރާއިން ވިއްކާ ތަކެތި ވިއްކުމާއި ދެވޭ ޚިދުމަތްތަކުން އަގުނެގުމަށް ތައްޔާރު ކުރަންޖެހޭ  އެއްބަސްވުން ތައްޔާރުކުރުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ އިންވޮއިސް ތައްޔާރުކުރުން.
  4. ރަށުގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގާ ފަރާތްތަކުގެ މަޢްލޫމާތު ހިމެނޭ ދަފްތަރު ބެލެހެއްޓުމާއި، ރަށުގެ އިޤްތިޞާދު ކުރިއަރުވަންހުރި ފުރުޞަތުތައް ފަހިކުރުމަށް ކައުންސިލުން ކަނޑައަޅާ ސިޔާސަތުތައް ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ތަންފީޛް ކުރުން.
  5. ކައުންސިލްގެ އިދާރާއިން  ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި  މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާގެ އަހަރީ މަސައްކަތު ތާވަލުގައިވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުމާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛުކުރުމަށް މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

16 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

05 ފެބުރުވަރީ 2020
ހޯދާ