ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މަޤާމް އޮތް ޔުނިޓް:

ކޯރޕަރޭޓިވް އެފެއާޒް ޔުނިޓް

ދާއިރާ:

ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމެންޓް

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 285/- (ދުއިސައްތަ އަށްޑިހަ ފަހެއް) ރުފިޔާ.

މި މުސާރަ ކަނޑައެޅިފައިވަނީ މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 4,465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ އާއި ސާރވިސް އެލަވަންސަށް މަހަކު ޖުމްލަ  1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ،  ސަޕޯޓިންގ ކޯ އެލަވަންސަށް މަހަކު ޖުމްލަ 700/-(ހަތްސަތޭކަ) ރުފިޔާ އަދި އިތުރުގަޑީގެ ފައިސާއަށް މަހަކު އެވަރެޖްކޮށް 745/- (ހަތްސަތޭކަ ސާޅީސް ފަހެއް) ރުފިޔާ ހިމެނޭގޮތުންނެވެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

  • ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް،
  • ހޮނިހިރު ދުވަހު 10:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-    ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

2-    ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3-    ސާނަވީ ނުވަތަ އެއާއި އެއްފަންވަރުގެ އިމްތިޙާނަކުން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިޙާނަކުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ

4-    ގްރޭޑް 10 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. މައިކްރޯސޮފްޓް ވޯޑް ، އެކްސެލް ބޭނުންކޮށްގެން ލިޔުންތައް ތައްޔާރުކުރުމާއި މަޢްލޫމާތު ލިޔެ ބަލަހައްޓަން އެނގުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އިދާރާއިން އެކިފަރާތްތަކުން ފޮނުވަންޖެހޭ ސިޓީއާއި މެސެޖުތަކާއި ރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއެކު މުވައްޒަފުންނާއި ގުޅޭ ގޮތުން ޖަވާބު ފޮނުވަންޖެހޭ ލިޔުންތަކަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ސުޕަރަވައިޒަރުގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި ފޮނުވޭ ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ (ސިވިލްސާރވިސް  އިދާރީ އަދި މިސްކިތު މުވައްޒަފުން، ކައުންސިލަރުން، ކޮންޓްރެކްޓް މުވައްޒަފުން، އިޖުތިމާޢީ ސަރަޙައްދު ބަލަހައްޓާ މުވައްޒަފުން)  އެންމެހާ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ތާރީޚަށް ޙާޟިރީ ރިޕޯޓްތައް ތައްޔާރުކޮށް ބަޖެޓް ޔުނިޓަށް ފޮނުވުމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލް ތައްޔާރުކުރުމާއި ޗުއްޓީ ދިނުމާއި ޗުއްޓީގެ ރެކޯރޑުތައް ބެލެހެއްޓުމާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި ސުޕަރަވައިޒަރުގެ އިރުޝާދާއެކު ވަޒީފާދިނުމާއި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތްތަކާއި ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުން އެކުލަވާލުމާއި މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. މުވައްޒަފުންގެ މަސައްކަތްތައް އެޕްރެއިޒް ކުރުމާއި މޮނިޓަރުކުރުމުގައި ސުޕަރަވައިޒަރަށް އެހީތެރިވުމާއި ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާއިމެދު ފިޔަވަޅު އެޅުމާއި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި މަޤާމުގެ ކުރިއެރުމާއި ބޯނަހާއި މަސައްކަތްކުރުމުގައި ފަރުވާތެރިވާ މިންވަރަށް ބަލައި އެކަން ފާހަގަކޮށް އިނާމާއި ހަނދާނި ފިލާދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  4. މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުމާއެކު، މުވައްޒަފުންނަށް އެކި ކަހަލަ ސެމިނާރ ވާރކްޝޮޕް އަދި ކޯސްތަކުގެ ފުރުސަތު ހޯދައިދިނުމަށް ސުޕަރަވައިޒަރގެ އިރުޝާދާއެކު މަސައްކަތްކުރުން.
  5. ކައުންސިލްގެ އިދާރާއިން  ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި  މުވައްޒަފަކު އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ނަގައިފިނަމަ، އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ސުޕަރަވައިޒަރު ޙަވާލުކުރާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

16 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

05 ފެބުރުވަރީ 2020
ހޯދާ