އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އަހަރުގެ (1441ވަނަ އަހަރުގެ) ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުން.

މި އަހަރުގެ ރަމަޝާން މަހު މިރަށު "މަސްޖިދުއްނަޞްރު" މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ގެނައުމުގައި، އެހީތެރިވާން އެދޭ ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވާލަމެވެ.

ވީމާ، ޙާފިޡު ގެނައުމުގައި އެހީތެރިވާން އެދޭ ފަރާތްތަކުން، 2020 މާރިޗް 19 ވަނަ ދުވަހުގެ ކުރިން މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ ނަންބަރު: 6680633 ފޯނަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ. ޙާފިޡު ގެނައުމުގައި އެހީތެރިވެވިދާނެ ކަންކަން ތިރީގައިއެވަނީ؛

  • ޚާފިޡުގެ 2 ކޮޅު ޓިކެޓްގެ އަގު ދިނުން.
  • ޚާފިޡުގެ ކެއުން ހަމަޖައްސައިދިނުން ނުވަތަ އެކަމަށް ހިނގާ ޚަރަދު ދިނުން.
  • ޚާފިޡުގެ ހުރުމުގެ ކަންތައް ހަމަޖައްސައި ދިނުން ނުވަތަ އެކަމަށް ހިނގާ ޚަރަދު ދިނުން.
  • ޚާފިޡުގެ ހުރުމާއި ކެއުން ހަމަޖައްސައި ދިނުން ނުވަތަ މި ދެކަމަށް ހިނގާ ޚަރަދު ދިނުން.
  • ޚާފިޡަށްދޭންޖެހޭ އެލަވަންސްގެ ކަންކަން ހަމަޖައްސައި ދިނުން.
  • ޚާފިޡު ގެނައުމާއި ފޮނުވާލުމުގައި ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސައި ދިނުން.

އަދި މިނޫނަސް އިތުރު އެހީތެރިކަމެއް ފޯރުކޮށް ދޭންއެދޭނަމަ އެފުރުޞަތުވެސް އޮތްވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

05 ފެބުރުވަރީ 2020
ހޯދާ