ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

2020 ފެބްރުވަރީ 19 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ފަނޑިޔާރުންގެ މަހާސިންތާ 2020" ކުރިއަށްދާ ވަގުތުތަކުގައި ރިފްރެޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ، ޕްރޮކިއުމަންޓް ނޯޓިސްބައިގެ އިޢުލާނާއި މަޢުލޫމާތު ޝީޓުގެ ބައިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުވަރީ 09 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބްރުވަރީ 11 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

 

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުމާދިލްއާޚިރާ  1441

05 ފެބުރުވަރީ 2020
ހޯދާ