މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :2

އަސާސީ މުސާރަ:        މަހަކު -/3000 ރުފިޔާ

އެލަވަންސް:

- ސަރވިސް އެލަވަންސް: މުސާރައިގެ %80 

- އިތުރުގަޑި: މުސާރައިގެ %60

- ފްޑް އެލަވަންސް: -/1500 ރުފިޔާ


 އޮފީސް: ޕޮލިސް ވެލްފެއަރ ކޯޕްރޭޝަން ޕވޓ ލޓޑ / އިސްކަންދަރުކޮށި 01، މާލެ


މަސައްކަތްކުރަންޖެހޭ ތަން: ނޫސަންދަ ކްލިނިކް / ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ ލޓޑ

މަޤާމުގެ ޝަރުޠު: 

- ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

- އެސް.އެސް.ސީ އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

- މައިކްރޯސޮފްޓް އޮފީސް އަދި ކޮރެލްޑްރޯ ބޭނުންކުރަން އެނގުން.


އިތުރު މައުލޫމާތު: މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުވަރީ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕޮލިސް ވެލްފެއަރ ކޯޕްރޭޝަން ޕވޓ ލޓޑ އަށް އެޑްރެސްކޮށް ވަޒީފާއަށް އެދޭ ކަމުގެ ސިޓީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެޓެސްޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ، ސީވީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ވެލްޕެއަރ ކޯޕްރޭޝަން ޕވޓ ލޓޑ / އިސްކަންދަރު ކޮށި 01 އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

# އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345053 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

                                       11 ޖުމާދަލްއާޚިރާ  1441

                                       05  ފެބްރުވަރީ   2020

05 ފެބުރުވަރީ 2020
ހޯދާ