މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

 

އިޢުލާނު

ޑިރެކްޓަރ ޖެނެރަލް

މަޤާމު:

J-302877

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް

މަޤާމުގެ ގިންތި:

އީ. އެކްސް. 5   

މަޤާމުގެ ރޭންކު:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ކްލެސިފިކޭޝަން:

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ، މާލެ، ދިވެހިރާއްޖެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

13,890.00ރުފިޔާ

މުސާރަ:

 2,000.00ރުފިޔާ

ސަރވިސް އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

ސަޕޯޓިންގ ކޯ އެލަވަންސް: 1500.00 ރުފިޔާ   

އެހެނިހެން އެލަވަންސް:

  1. މިނިސްޓަރ އާއި ޒިންމާދާރު އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ މަތިން ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގެ މަސައްކަތް، ޤާނޫނާއި ޤަވާއިދު އަދި ކަނޑައެޅިފައިވާ ޕްރޮސީޖަރތަކާއި އެއްގޮތަށް ރަވާ، ހިންގާ ބެލެހެއްޓުން.
  2. މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން އުފައްދާފައިވާ ކޮމެޓީތަކުގެ މަޝްވަރާތަކަށް ބޭނުންވާ ލަފާދިނުމާއި އެ ކޮމިޓީތަކުގެ އިދާރީ ކަންތައްތައް ބަލަހައްޓައި ހިންގުމާއި ކޮމެޓީތަކުގެ ނިންމުންތައް ތަންފީޒުކުރުން.
  3. މާލީ ހިސާބުތަކާއި ތައްޔާރުކުރަންޖެހޭ އެހެނިހެން ރިޕޯޓްތައް ޤާނޫނާއި ޤަވާއިދާއިއެއްގޮތަށް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވާފައިވެތޯ ބަލައި ޗެކްކުރުން
  4. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމާއި ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން
  5. ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން
  6. ކޯޕަރޭޓް ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަން/ ޔުނިޓުތަކުން ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް އެއިރަކު ހުންނަވާ އެންމެ އިސްވެރިއެއްގެ މަޝްވަރާގެ މަތިން ނިންމުން
  7. ކޯޕަރޭޓް ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަން/ ޔުނިޓުތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމުގައި ކުރަންޖެހޭ އިންތިޒާމްތައްކޮށް އެކަންކަން ރާވައި ހިންގުން
  8. މިނިސްޓަރ އާއި ޒިންމާދާރު އިސްވެރިޔާގެ ލަފަޔާއެކު މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކަށް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްވާ ގޮތުގެ މަތިން އިދާރީ އުސޫލުތައް އެކުލަވާލުމާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތަށް ގެނައުން
  9. ކޯޕަރޭޓް ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަން / ޔުނިޓްގެ މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެކަންކަމަށް ޕަރމަނަންޓް ސެކްރެޓަރީގެ ލަފަޔާއެކު އިންސާފު ގެނައުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމާއެކު ކަނޑައެޅިފައިވާ ތާރީޚްގައި އެޕްރައިޒަލް ފޯމް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން
  10. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހެޅޭ ވަޒީފާއާގުޅޭ މައްސަލަތަކަށް ކޮމިޓީން ނިންމާ ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖެއްސުން
  11. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން
  12. މުވައްޒަފުންގެ މަސައްކަތު ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކި ޓްރެއިނިންގ، ސެމިނަރ، ވޯކްޝޮޕް ފަދަ ތަންތަނަށް މުވައްޒަފުން ފޮނުވުމުގެ ފުރުސަތު ހޯދަދިނުމުގެ މަސައްކަތްތައް ކުރުން
  13. ކަނޑައެޅިފައިވާ ދުވަހަށް އަހަރީ ރިޕޯޓް އެކުލަވާލަން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުވުމާއި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން
  14. މިނިސްޓްރީއިން ފޯރުކޮށްދެވޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވައިލައި، ޢަމަލުކުރަމުން ގެންދިޔުން
  15. ރާއްޖެއާއި ރާއްޖެއިން ބޭރުގައިވާ ބައިނަލްއަޤްވާމީ މުވައްސަސާތަކާއި މިނިސްޓްރީގެ ފަރާތުން ފޮނުވަންޖެހޭ ސިޓީތަކާއި އެކިއެކި ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި އަދި މި ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުން
  16. މިނިސްޓްރީއިން ބާއްވާ އެކިއެކި ޖަލްސާތަކާއި، ރަސްމިއްޔާތުތަކާއި، ބައްދަލުވުންތަކާއި، ބެހޭގޮތުން ކުރަންޖެހޭ ކަންތައް ރާވައި އިންތިޒާމްކޮށް ބެލެހެއްޓުން.
  17. މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިޔުމާއި އަދި މުވައްޒަފުންގެ ފެންވަރު ބެލުމުގެ ރިޕޯޓުތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވައި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ޔަގީންކުރުން
  18. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ޚަބަރު ތައްޔާރުކޮށް، ގަވާއިދުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދީ، މިނިސްޓްރީގެ ވެބްސައިޓް، ޓްވިޓަރ އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް އަޕްޑޭޓްކޮށް ބަލަހައްޓަމުންދާކަން ޔަގީންކުރުން
  19. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ޙާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 6 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.  

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)    އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތައުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

85

20

25

ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިޙާން / ޕްރެކްޓިކަލްސް

50

20

50

އިންޓަވިއު އަދި ޕްރެޒެންޓޭޝަން

100

30

ޖުމްލަ

295

100

100

 

އަދި މިމަޤާމަށް އައްޔަނު ކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް، "ލިބިފައިވާ ހުނަރު" ގެ ބަޔަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓް %50 (ފަންސާސް އިންސައްތަ) އަށް ވުރެ މަތިން ޕޮއިންޓް ލިބިފައި ވާނަމައެވެ. މީގެ އިތުރުން، ސްކްރީން ކުރުމުގެ މަރުހަލާގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި "ލިބިފައިވާ ހުނަރު" ދެނެގަތުމުގެ ބައިގައި ހިމެނޭ އެއްވެސް މަރުހަލާއެއް (އިމްތިޙާން/ޕްރެކްޓިކަލްސް، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން) ފުރިހަމަ ނުކޮށްފިނަމަ، އެ މަރުހަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ ފަރާތް ޑިސްކޮލިފައި ވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ ގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 23 ފެބްރުއަރީ 2020 އާއި 05 މަރޗް 2020 އާ ދެމެދު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ގައެވެ.

 

އިންޓަވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3302200 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

     

 

 

 

 

 

04 ފެބުރުވަރީ 2020
ހޯދާ