ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

        ދިވެހިރާއްޖޭގައި ފަތުރުވެރިކަމާއި ޢިމާރާތް ކުރުމާއި އަދި މަސައްކަތްތެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށާއި، އަދި މިދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމަށް، ހުނަރުވެރިން ބިނާކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން 2020 ވަނަ އަހަރު މޯލްޑިވުސް ޕޮލިޓެކުނިކާއި ގުޅިގެން، ކައުންސިލްތަކާއި ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު އެޑުވާންސް ސެޓުފިކެޓް އަދި ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކުގެ ތެރެއިން ތިރީގައިވާ ކޯސް ހއ. ދިއްދޫގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހުގެ ނަން: Advance Certificate in Civil Engineering

        ކޯހުގައި ބައިވެރިވުމުގެ ޝަރުތު: ލޯވަރ ސެކަންޑަރީ އެޑިއުކޭޝަން ފުރިހަމަ ކޮށްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 3 ހާސިލް ކޮށްފައިވުން ނުވަތަ 18 އަހަރުފުރި ، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކިޔަވާދޭ ބަހުން ލިޔަންކިޔަން އެނގޭނަމަވެސް މިޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ.

        މުއްދަތު: 12-18 މަސް ދުވަސް

        ކޯސް ފެށުމަށް ހަމަޖެހިފައިވާ ތާރީޙު: މޭ / ޖޫން 2020

        ވީމާ، ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 01 އެޕްރީލް 2020 ވަނަ ދުވަހުގެ 14:00  ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު މިއިދާރާއިންނާއި އަދި މޯލްޑިވުސް ޕޮލިޓެކްނިކްގެ ވެބްސައިޓުން www.polytechnic.edu.mv ލިބެންހުންނާނެއެވެ.  

        މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ފެބުރުވަރީ 2020
ހޯދާ