މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހި ޢިމާރާތް ބިޑް ޢުޞޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ގުޅޭ

އިޢުލާން     

މިއިދާރާގެ އަތޮޅުވެހި ޢިމާރާތް ބިޑް ޢުޞޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ގުޅޭ

ސުރުޙީގައި ދެންނެވިފައިވާ މިއިދާރާގެ އަތޮޅުވެހި ޢިމާރާތް ބިޑް ޢުޞޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 05 ފެބްރުއަރީ 2020 ން ފެށިގެން 17 ފެބްރުއަރީ 2020 ގެ ނިޔަލަށް ބިޑް ގަންނަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިދެންނެވުނު މުއްދަތުގެ ތެރޭގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 ށް މިއިދާރާއިން ބިޑް ވިއްކަމުންދާނެއެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ ދިވެހިންނާއި ދިވެހި ކުންފުނިތަކަށް -/500 ރުފިޔާ އަށެވެ. އަދި ބިޑް ބައްލަވައި ގެންނެވި ފަރާތްތަކާއި އެކު މިއިދާރާއިން ބާއްވާ ފްރީބިޑް މީޓީން އޮންނާނީ 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 މިއިދާރާގައެވެ. ބިޑް ބައްލަވާގެންނެވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީ ބިޑް މީޓިންގް އަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްކޮޕީ ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެ ސްޓޭމްޕް ޖަހާފައިވާ ސިޓީއާއި،  ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑްގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލިކަން އާންމުކޮށް އެނގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

10 ޖުމާދުލްއާޚިރާ 1441

 

04 ފެބުރުވަރީ 2020
ހޯދާ