ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޮލީމުބާރާތް ހިންގާ ފަރާތްތަކަށް ކާންދޭނެ ފަރާތެއް ހޯދުން

10 ފެބުރުވަރީ 2020ގައި މިރަށުގައި ބާއްވާ ''ކޮޅުމަޑުލު ވޮލީ މުބާރާތް'' ހިންގާ ފަރާތްތަކަށް ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 ފެބުރުވަރީ 2020ވާ ބުދަ ދުވަހުގެ 11:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 06 ފެބުރުވަރީ 2020ވާ ބުރާސްފަތި ދުވަހުގެ 11:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                08 ޖުމާދުލްއާޚިރާ 1441

                02 ފެބުރުވަރީ 2020             

02 ފެބުރުވަރީ 2020
ހޯދާ