މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް - ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން

އިއުލާން

 

މަޤާމް:ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު: J-317294

ބޭނުންވާ އަދަދު: 01

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން

މުސާރަ:  -/13890

ސަރވިސް އެލެވަންސް:   -/2000

 

އެހެނިހެން އެލަވަންސް:   

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/1500

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންކަން ކަމާގުޅޭ ޤާނޫނުތަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާ އެއްގޮތަށް ހިންގުން.
  2. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ މަސްއޫލިއްޔަތުތައް ޔުނިޓް ލެވެލްއަށް ބައްސަވައި މެންޑޭޓްގައި ހިމެނޭ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަގީންކުރުން. އަދި މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާކުރެވިފައިވާގޮތް ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙު ގެނައުން.
  3. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ މަސްއޫލިއްޔަތުތާއި ވާޖިބު އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި، ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަން ރާވާހިންގުން
  4. އިދާރީ ހިންގުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާބެހޭ ކަންކަން ރާވައި، އިންތިޒާމްކޮށް ހިންގުން
  5. ހިންގުމަށް ބޭނުންވާ އަހަރީ ބަޖެޓް އެކުލަވާލުމާއި ދެމެހެއްޓެނިވި ގޮތެއްގައި ޑިޕާޓްމަންޓްގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ކަންކަން އިންތިޒާމުކުރުން
  6. މީޑިއާ ހަރުދަނާ ކުރުމާއި މަސައްކަތްތައް ޢާންމު ކުރުމުގައި އެހީތެރިވެދިނުން
  7. އަހަރީ އެކްޝަން ޕްލޭން ޔުނިޓްތަކުން ތަންފީޒު ކުރަމުންދާގޮތް މޮނިޓަރ ކުރުމާއި އެޕްލޭން ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން
  8. ޤައުމީ މަންހަޖުގެ ތެރެއިން ބޭއްވޭ އިމްތިހާނުތައް ތައްޔާރުކޮށް ބޭއްވުމާއި، އެކަމާއި ގުޅޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން
  9. ރާއްޖޭގައި ބޭއްވޭ ބައިނަލް އަޤްއާމީ އިމްތިހާނުތައް ބޭއްވުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  10. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ދޭ ވަޒީފާއާބެހޭ ޚިދުމަތްތަކަށް އެދޭ ފަރާތްތަކަށް، ވީހާވެސް ޚަރަދު ކުޑަ، ލުއި ފަސޭހަގޮތަކަށް، އަވަސް ޚިދުމަތްދެވޭނެ ގޮތްތައް ހޯދައި، ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި، އުސޫލުތައް އެކުލަވައިލައި، ޢަމަލުކުރަމުން ގެންދިޔުން.
  11. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ބޭނުންކުރާ މުދަލާއި ފައިސާއާއި އެނޫންވެސް ވަސީލަތްތައް
  12. ބޭނުން ކުރެވެމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް، އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
  13. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ އެންމެހައި ކަންކަން ތަރައްޤީކުރުމަށް މަސައްކަތްކުރުމާއެކު ކުރިއަށް ދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.

 

މަޤާމުގެ ޝަރުތުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން ، މެނޭޖްމަންޓް

ތައުލީމީ ރޮނގުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން, ބިޒްނަސް މެނޭޖްމަންޓް, ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ؛

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.   

   (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

   (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ޝޯޓްލިސްޓް ކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު،  ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އަންގާނެއެވެ. އަދި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 

ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ.  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިމިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

ނޯޓް:  

ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ. 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށް ޕޮއިންޓް ދެވޭނީ ހަމައެކަނި ވަޒީފާއަށް އެދޭ ފޯމުގައި ތަޢުލީމާއި ތަމްރީނު އަދި ތަޖުރިބާގެ ބައިގައި ލިޔެ، ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށެވެ.

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 /3341418  ފޯނަށް ގުޅުއްވުން އެދެމެވެ.

 

08 ޖުމާދުއްއާޚިރާ 1441ހ.

02 ފެބްރުއަރީ 2019 މ.

 

02 ފެބުރުވަރީ 2020
ހޯދާ