ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ގާޑް

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

ސެކިއުރިޓީ ގާޑް

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)

މުސާރައާއި އެލަވަންސް:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 250/- (ދުވިސައްތަ ފަންސާސް) ރުފިޔާ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް ކޮންމެ ދުވަހަކު ދަންވަރު 00:00 އިން ހެނދުނު 08:00 އަށް.

ތަޢްލީމީ ފެންވަރު:

އަސާސީ ތަޢްލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުމާއި އިންޓަރވިއު އިން ފާސްވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގުމާއި އިނގިރޭސި އަކުރުން ލިޔެފައި ހުންނަ ލިޔުން ކިޔަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ރޭގަނޑުގެ ވަގުތުތަކުގައި ބަނދަރު ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތްކުރުމާއި ރިޕޯޓް ކުރުން.
  2. ރޭގަނޑުގެ ވަގުތުތަކުގައި ބަނދަރުގެ ފައްތިޔާތައް ބޭނުން ކުރަމުންދާ ގޮތް މޮނިޓަރުކޮށް ބެލެއްހެއްޓުން.
  3. ރޭގަނޑުގެ ވަގުތުތަކުގައި ބަނދަރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ތިނަދޫ ކައުންސިލުން އެކަށައަޅާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ފަޅުތެރޭގައި އުޅަނދުފަހަރު ބަނދަރުކުރަމުންދާ ގޮތް ބެލެހެއްޓުމާއެކު،
  4. ރޭގަނޑުގެ ވަގުތުތަކުގައި ޤަވާޢިދާއި އެއްގޮތަށް ބަނދަރު ކުރުމަށް އޮޑިވެރިންނާއި ދަތުރުވެރިންނާއި މަސްވެރިންނަށް އިރުޝާދުދިނުން.
  5. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

12 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

30 ޖަނަވަރީ 2020
ހޯދާ