މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
pickupeh supply kohdheyne faraatheh hoadhun

ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް؛

                               ނަންބަރު: (IUL)307/INDIV/2020/9

     މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ފެބްރުއަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ޕިކަޕެއް ސަޕްލައި ކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2020 ފެބްރުއަރީ 19 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ. ޕްރޮޕޯސަލްތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި ޕްރޮޕޯސަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯސަލް ބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ ޕްރޮޕޯސަލެއްނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަށްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

     މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

     05 ޖުމާދުލްއާޚިރާ 1441

     30 ޖަނަވަރީ 2020

30 ޖަނަވަރީ 2020
ހޯދާ