މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ބަގީ ޑްރައިވަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާގެ ބާވަތް

ވަގުތީ  (02 އަހަރު)

ސެކްޝަން

މުނިސިޕަލް ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ / ރ. ރަސްމާދޫ

ވަޒީސާ އަދާކުރަންޖެހޭ ވަގުތު

08:00 އިން 15:00 އަށް (07 ގަޑިއިރު)

މުސާރައާއި އިނާޔަތް

އަސާސީ މުސާރަ: -/3100ރ.  ސާރވިސް އެލަވަންސް: -/1000ރ. ރިސްކް އެލަވަންސް: -/1900ރ.

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ވޭސްޓް މެނޭޖްކުރުމުގެ ޕްރޮގްރާމްގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ތަނަކުން ކުނިނަގައިގެން ބަގީގައި ވޭސްޓް މެނޭޖްމަންޓް  ސެންޓަރއަށް ގެންދިއުމާއި ތަނުގެ ޖާގަނުގެއްލޭނެ ގޮތަށް ބަގީ ހުސްކުރުން.
  2. ކޮންމެ ދުވަހަކުވެސް ކުނިނަގާ ނިންމާ ބަގީ ސާފުކޮށް، ބެޓްރިޗާޖު ކުރަންޖެހޭތޯ ބަލައި ޗެކްކޮށް ބެލެހެއްޓުން.
  3. ބަގީއަށް ދިމާވާ އެކިއެކި މައްސަލަތައް ކައުންސިލަށް އަންގާ ހައްލުކުރުމަށް އަމަލީގޮތުން މަސައްކަތް ކުރުން.
  4. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި މޮނިޓަރކޮށް ސްޕަވައިޒްކުރުން.
  5. ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ބައިވެރިވެފައިވާ މީހުން ދިރިއުޅޭ ގޯތިތަކާއި، ފަޅުގޯތިތަކުގެ ލިސްޓްތައް ބަލައި އެތަންތަނުން ގަވާއިދުން ކުނި ނެގެމުންދާކަން ކަށަވަރުކުރުން.
  6. އަދި މި ޕްރޮގްރާމްގައި ބައިވެރިވެފައިނުވާ ތަންތަނުންނެގޭ ކުންޏާއި ދުވަހު ކުނީގެ އިތުރުން ނެގޭކުނީގެ މައުލޫމާތު ނޯޓްކޮށް ގަވައިދުން ކައުންސިލް އިދާރާއަށް އެންގުން.
  7. ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމްގެ ގޭޓްފީގެ ގޮތުގައި ދައްކާ ފައިސާ ބަލައިގަނެ އޮފީހާ ހަވާލުކުރުން.
  8. މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން މަސައްކަތުގެ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

މަގާމުގެ ޝަރުޠު:

  1. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރެޓީއިން ދޫކުރާC4  ނުވަތަ 3C ކެޓަގަރީ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.
  2. ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހިވާގި މީހެއް ކަމުގައިވުން.
  3. މިވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި ދިވެހިރައްޔިތެއް ކަމުގައިވުން.
  4. އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިލައްވާފައިވާ ތައުލީމާއި ތަމްރީން
  2. ލިބިލައްވާފައިވާ މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ،ޤާބިލްކަމާއި ،ފެންވަރާއި ،  ބޭނުންވާ ސިފަތައް

ވަޒީފާގެ އިންޓަވިއު، ޕްރެކްޓިކަލްސް އަދި ޓެސްޓް އޮންނާނެ ތާރީޚާއި ތަން:

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔު އަދި ޕްރެކްޓިކަލް އޮންނާނީ ރ.ރަސްމާދޫގައެވެ.
  • މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު އައި ޓެސްޓް އޮންނާނެ ތާރީޚާއި ގަޑި 24 ގަޑިއިރު ކުރިން ރަސްމާދޫ ކައުންސިލު އިދާރާއިން އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  1. ދާއިރާއާއި ގުޅޭ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީއެއް.
  3. ލައިސަންސްގެ ކޮޕީ.

*ނޯޓް: އެޕްލިކޭޝަން ފޯމު ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ވަޒީފާއަށް އެދި ހުށައެޅުމުގެ ސުންގަނޑި:

ވަޒީފާއަށް އެދޭފޯމް ފުރިހަމަކޮށް (ހުށައަޅަންޖެހޭ ލިޔުންތަކާއެކު) 05 ފެބްރުއަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެއުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6580049 ފޯނާއެވެ.

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

                           28 ޖަނަވަރީ 2020

28 ޖަނަވަރީ 2020
ހޯދާ