މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދާރުލް އީމާންގެ 06 ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރުން: އިޢުލާންގެ ވަނަ 2

ދާރުލް އީމާންގެ 06 ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރުން: އިޢުލާންގެ ވަނަ 2 


 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ވަޤްފު ޢިމާރާތެއް ކަމަށްވާ "ދާރުލް އީމާން" ގެ 06 ވަނަ ފަންގިފިލާ ކުއްޔަށް ދިނުން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ ވަޤްފު ޢިމާރާތެއް ކަމުގައިވާ "ދާރުލް އީމާން" ޢިމާރާތުގެ 06 ވަނަ ފަންގިފިލާ ކުއްޔަށްދޫކުރުމަށް ކުރެވުނު ނަންބަރު (IUL)142-A1/142/2020/2) އަށް އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލުކޮށް، "ދާރުލް އީމާން ކުއްޔަށް ދިނުމުގެ އުޞޫލް" ގެ 4 ގެ (ހ) ގައި ބަޔާންކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ދާރުލް އީމާންގެ 06 ވަނަ ފަންގިފިލާ ކުއްޔަށްދިނުމުގައި ބަލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާފަރާތެކެވެ. މިޢިމާރާތުގެ ބޮޑުމިނަކީ 1400 އަކަފޫޓެވެ. އަދި ކުއްޔަށް ހިފުމުގައި ބަލަންވީ ސްޓޭންޑާރޑް ރޭޓަކީ، އަކަފޫޓަކަށް 45 ރުފިޔާގެ މަގުންނެވެ. މި ޢިމާރާތުގެ ފްލޯޗާޓު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މި ފަންގިފިލާ ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިކަމަށް އެދި 09 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. މި ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. އަދި ބޭރުގައި އިޢުލާން ނަންބަރާއި އިޢުލާންގެ ސުރުޚީ ހިމަނަންވާނެއެވެ.

ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 09 ފެބްރުއަރީ 2020 ވާ އާދީއްތަދުވަހުގެ 13:15 ގައި މި މިނިސްޓްރީގައެވެ. އަދި ޕްރޮޕޯސަލްތައް ކަނޑާނީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޙާޟިރުވި ފަރާތްތަކުގެ ކުރިމަތީގައެވެ. އެއްވެސް ފަރާތަކުން ޙާޟިރު ނުވެއްޖެނަމަ ޕްރޮޕޯސަލް ތައް ކަނޑާނީ މި މިނިސްޓްރީގެ އޮފިޝަލުންގެ ޙާޟިރުގައެވެ.

މި ޕްރޮޕޯސަލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  • ކުންފުނީގެ ޕްރޮފައިލް
  • ކުއްޔަށް ހިފަން ހުށަހަޅާ އަގާއި މުއްދަތު އެނގޭނޭ ލިޔުމެއް
  • ކުލި ދައްކަން ހުށަހަޅާ ގޮތް (އެއްފަހަރާ / ވަކިވަކިން ބަހާލައިގެން)
  • ފައިނޭންޝަލް ސްޓޭޓްމަންޓް

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާ ފަރާތްތަކުން ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020261،3020239،3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

28 ޖަނަވަރީ 2020
ހޯދާ