ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، 14 ފެބުރުއަރީ 2020 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ބާއްވާނެ ތަނާއި ގަޑި ފަހުގެ ތާރީޚެއްގައި އިޢުލާންކުރެވޭނެއެވެ. 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ, މިއެސޯސިއޭޝަނުގައި ރަޖިސްޓްރީ ވެފައިވާ ކުލަބު / ޖަމްޢިއްޔާތަކުގެ ތެރެއިން، އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަހަރީ އާންމު ޖަލްސާ ރެޖިސްޓްރޭޝަން ފޯމު ފޮނުވުމުގެ އެންމެފަހު ތާރީޚަކީ 08 ފެބުރުއަރީ 2020 ވަނަ ދުވަހުގެ 14:00 އެވެ.

އަހަރީ އާންމު ޖަލްސާގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް މި އެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ.

27 ޖަނަވަރީ 2020
ހޯދާ