ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިއުން

ފުވައްމުލަކު މާލެގަން އަވަށު ދޭހަ ގޯއްޗާއި މާލެގަމު ސްކޫލާއި ދެމެދު އިރުމަތީ ފަރާތުގެ އަތިރިމައްޗަށް ވާގޮތަށް 01 ން 02 އަށް ނަންބަރު ޖަހާފައިވާ ރުއްގަސްތަކުގެ ނީލަން ކިޔުން 03 ފެބްރުވަރީ 2020 ވާ ހޯމަ ދުވަހުގެ 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 03 ފެބްރުވަރީ 2020 ވާ ހޯމަ ދުވަހުގެ 09:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. ނީލަން ނަންގަވާ ފަރާތްތަކުން 03 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން(ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރަތް) އަށް ފައިސާ ދައްކަވައި 04 ފެބްރުވަރީ 2020 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއްކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަންވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި އުކާލެވޭނެއެވެ.

27 ޖަނަވަރީ 2020
ހޯދާ