ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުމާއިބެހޭ

                   މިރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، މަގުތައް ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

        މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        ވީމާ، މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރައްވާ، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ވަޑައިގަންނަވާއިރު، އައިޑީ ކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

02 ފެބްރުއަރީ 2020 (އާދީއްތަ)

11:00

09 ފެބްރުއަރީ 2020 (އާދީއްތަ)

11:00

   

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ކުންފުންޏެއްގެ ފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ކުންފުނީގެ ލިޔުމެއް ގެންނަވަންޖެހޭނެއެވެ. އަދި އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން ފަރާތެއް މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަންޖެހޭނެއެވެ. އެނޫން ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6520043 ފޯނަށް ގުޅުއްވުން އެދެމެވެ.

27 ޖަނަވަރީ 2020
ހޯދާ