ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މި އިޢުލާންވަނީ 04 ފެބުރުވަރީ 2020 13:00 ގައި ބާތިލް ކުރެވިފައެވެ.


`

 

 

 

ފުވައްމުލަކު ސްކޫލް

   ފުވައްމުލައް، ދިވެހިރާއްޖެ

 

                                                ނަންބަރ: GS44/IUL/2020/06                                          

އިޢުލާނު

 

 

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-249815

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސްއެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލަކު ސްކޫލް / ޏ. ފުވައްމުލައް

މުސާރަ:

-/3100 ރ

ސަރވިސް އެލެވަންސް:

-/1000 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ސަޕޯޓިންގ ކޯ އެލަވަންސް: -/1200ރ

                                                                                                  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

  1. ދުވާލަކު މަދުވެގެން 1 ފަހަރު ގޯތިތެރެއިންނާއި މަގުން އެވަގުތަކު ޙަވާލުކުރެވިފައިވާ ބަޔަކުން ކުނިނަގާ  ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.

 

  1. ސްކޫލްގެ ޢިމާރާތްތަކުގެ ތެރެއިން އެވަގުތަކު ޙަވާލުވެފައިވާ ޢިމާރާތްތަކެއް ދުވާލަކު 1 ފަހަރު ރަގަޅަށް ފޮޅާ ސާފުކޮށް މޮޕްޖަހާ ތަޅުލާ ބަންދުކުރުން.

 

  1. ދަރިވަރުންގެ ފާޚާނާއާއި މުވައްޒަފުންގެ ފާޚާނާ ތެރެއިން އެވަގުތަކު ޙަވާލުވެފައިވާ ބައެއް ދުވާލަކު މަދުވެގެން 2 ފަހަރު ބަރާބަރަށް ސާފުކުރުން.

 

  1. ސްކޫލްގެ ފަރުނީޗަރާއި އިމާރާތްތަކުގެ ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.

 

  1. ސްކޫލްގެ ޢިމާރާތްތަކުގެ ތެރެއިން އެވަގުތަކު ޙަވާލުވެފައިވާ ޢިމާރާތްތަކެއް، ދޮރާއި ދޮރުފަތްތަކާއި ފެންލައިޓާއި  އަދި ފަންކާ  މަދުވެގެން ހަފްތާއަކު  1 ފަހަރު ސާފުކޮށް ރަގަޅަށް ބެލެހެއްޓުން.

 

  1. މުވައްޒަފުންނާއި ދަރިވަރުން އަދި އެހެނިހެން ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ދަޢުވަތު ކާޑު ، ސިޓީފަދަ ތަކެތި ޙަވާލުކުރުމާއި، ދަންނަވާ ގައި ސޮއިކުރުވުމާއި، ސްކޫލުން ބެލެނިވެރިންނާއި އެހެނިހެން ފަރާތްތަކަށް އަންގަން ހަވާލުކުރާ އެންގުންތައް ދުވަހުން ދުވަހަށް އެންގުން.

 

  1. ސްކޫލުން އަންގާ ގޮތެއްގެ މަތިން ، އެކިއެކި އޮފީސްތަކާއި އަމިއްލަ ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ޙަވާލުކުރުން.

 

  1. ސްކޫލުން ހިންގޭ އެކިއެކި ޙަރަކާތްތައް ހިންގުމުގައި އެހީތެރިވުން

 

  1. މަސައްކަތު މީހަކު ޙާޟިރުނުވެއްޖެ ހިދެއްގައި އެމުވައްޒަފެއްގެ ޒިންމާގެ ތެރެއިން ވަގުތީގޮތުން ޙަވާލުކުރެވޭ ކަމެއްކުރުން

 

  1. ޖަލްސާތަކަށް ހޯލް ތައްޔާރުކުރުން އަދި ޖަލްސާ ނިމުމުން ކްލާސްތައް ތައްޔާރުކުރުން

މަޤާމުގެ ޝަރުޠުތައް:   

ލިޔަން ކިޔަން އެނގުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ފުވައްމުލަކުސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ  އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ޙިއްސާވާ ކުންފުއްޏެއްގައި މަސައްކަތްކޮށްފައިވާނަަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ފުވައްމުލަކު ސްކޫލަށެވެެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، admin@fuvahmulakuschool.edu.mv އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2020 ފެބްރުއަރީ 05 އާއި 11 އާއި ދެމެދު ފުވައްމުލަކު ސްކޫލްގައެވެެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްގުޅާނީ 6860002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ admin@fuvahmulakuschool.edu.mv  އަށެވެ.

 

       01 ޖުމާދަލް އާޚިރާ 1441

       26 ފެބްރުއަރީ 2020

 

 

 

 

26 ޖަނަވަރީ 2020
ހޯދާ