ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

ހަނިމާދޫ ސްކޫލް                            

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ:GS60(G)/2020/001

އިޢުލާނު

2020 ވަނަ އަހަރު ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

ފޯމް ދޫކުރުން:

26 ޖަނަވަރީ 2020 އިން 30 ޖަނަވަރީ 2020 އަށް

އެކަޑަމިކް ސްޓްރީމް ތަކަށް ވަނުމުގެ ޝަރުޠުތައް:

  • އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި ނުވަތަ އިސްލާމިކް ސްޓަޑީޒް އިން ދަށް ވެގެން C ފާސް ލިބިފައި ވުމާއެކު،
  • އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް އިން) މަދުވެގެން 2 މާއްދާއިން ދަށްވެގެން C ފާސް ލިބިފައި ވުމާއެކު އިތުރު އެއް މާއްދާއިން C ފާސް ލިބިފައިވުން

ޕިއަރސަން އިންޓަރނޭޝަނަލް ލެވެލް 3 ޑިޕޮލޮމާ އަދި ލެވެލް 3 އެކްސްޓެންޑެޑް ޑިޕޮލޮމާ ކޯހަށް ވަނުމުގެ ޝަރުޠުތައް:

  • ޕިއަރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2 ކޯހަކުން ދަށްވެގެން "ޕާސް" ލިބިފައިވުން ނުވަތަ
  • އައިޖީސީއެސްސީ ޖީސީއީ އޯލެވެލް އިމްތިޙާނާއި އެސްއެސްސީ އިމްތިޙާނުގެ ކޮންމެވެސް 4 މާއްދާއަކުން ދަށްވެގެން C ފާސް ލިބިފައިވުން.

ޓިވެޓް ކޯސްތަކަށް ވަނުމުގެ ޝަރުޠުތައް:

  • ދަސްވާރު ލެވެލް 3 ގެ ފާހެއް ލިބިފައިވުން ނުވަތަ،
  • އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުތަކުން ކޮންމެވެސް އެއް މާއްދާ އަކުން ދަށްވެގެން C ފާސް ލިބިފައިވުން.

އިތުރު ޝަރުޠުތައް:

  • ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފު ވެފައިވާ، ނުވަތަ ޝަރުޢީ ޙުކުމެއް އިއްވާފައިވާ ކުއްޖެއް ކަމުކަމުގައި ނުވުން.
  • ހިނގަމުންދާ އަހަރުގެ 01 މާރޗަށް 19 އަހަރު ފުރިފައި ނުވުން
  • ކައިވެންޏެއް ކޮށްފައި ނުވުން
  • މަތީޘާނަވީ ތަޢުލީމުގެ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ދިނުމުގައި ބަލާނީ ވޭތުވެދިޔަ ދެއަހަރުގެ އެސް.އެސް.ސީ، އައި،ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯލެވެލް، އަދި ބީޓެކް އިމްތިޙާނުގެ ނަތީޖާއަށެވެ.

ފޯމް ހުށައެޅުމުގެ ސުންގަޑި:

  • މި ސްކޫލުން ދޫކުރާ އެޕްލިކޭޝަންފޯމް ފުރިހަމަ ކުރުމަށްފަހު ތަޢުލީމީ ޝަރުޠުތަކާގުޅޭ ސެޓްފިކެޓް ނުވަތަ ނަތީޖާ އަދި އައިޑީ ކާޑު ކޮޕީއާއެކު 2020 ޖަނަވަރީ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ސްކޫލަށް ހުށައެޅުން އެދެމެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވެ ލައްވާނަމަ 6520533 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ. 

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

                       28 ޖުމާދުލްއައްވަލް 1441                                   

                       23 ޖަނަވަރީ 2020    

23 ޖަނަވަރީ 2020
ހޯދާ