ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ނާރސަރީ އަދި ބޭބީ ނާސަރީ ކުދިންނަށް ކިޔަވައިދޭނެ ފަރާތެއް ހޯދުން (ކޮންޓްރެކްޓް)

         ނަމްބަރު: IUL)244/244/2020/6

                                އިޢުލާން                               

2020 ވަނަ އަހަރު ނާރސަރީ އަދި ބޭބީ ނާރސަރީ ކުދިންނަށް ކިޔަވައިދޭނެ ފަރާތެއް ހޯދުން

2020 ވަނަ އަހަރު ނާރސަރީ އަދި ބޭބީ ނާސަރީ ކުދިންނަށް ކިޔަވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު: 02

މަގާމްގެ ގިންތި: ކޮންޓްރެކްޓް (ކޮންޓްރެކްޓް ކުރާދުވަހުން ފެށިގެން ދިރާސީ އަހަރުގެ ނިޔަލަށް)

އެލަވަންސް: މަހަކު 1750.00 ރުފިޔާ

އޮފީސް: ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ

 މަޤާމުގެ ފެންވަރު ނުވަތަ ޝަރުތު:

 1. ޕްރީސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 4 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ކިޔަވައި ދިނުމުގެ ރޮނގުން ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
 2. ޕްރީސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ކިޔަވައި ދިނުމުގެ ރޮނގުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
 3. ޕްރީސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ކިޔަވައި ދިނުމުގެ ރޮނގުން ސެޓްފިކެޓް ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
 4. ޕްރީސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 1 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ކިޔަވައި ދިނުމުގެ ރޮނގުން ސެޓްފިކެޓް ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

  މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.
 2. ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ރޭވިގެން ރަނގަޅަށް ތައްޔާރުވެގެން ދެވޭ ތަޢުލީމަކަށްވުން.
 3. ދަރިވަރުންގެ ކަންކަމާއި އަދި ސްކޫލާއި ގުޅިގެން ބާއްވާ ބައްދަލުވުންތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، އަދި  މުދައްރިސެއްގެ ޙައިސިއްޔަތުން ބައިވެރިވުމަށް ކައުންސިލް އިދާރާއިން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން.                                                     
 4. ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް، ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި، މާކްކުރުން.
 5. ދަރިވަރުންގެ އަޚްލާޤާއި ސުލޫކާއި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން.
 6. ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި،  އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.
 7. ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާއި ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.
 8. ދަރިވަރުންގެ އުނގެނުމަށާއި އަދި އެހެނިހެން ޙަރަކާތްތައް ހިންގުމަށް ޤާއިމްކުރެވިފައިވާ އެންމެހާ ތަކެއްޗަށް ގެއްލުމެއް ލިބިދާނެ ފަދަ ކަންކަމަށް ވިސްނާ އެފަދަ ތަކެއްޗަށް ރައްކާތެރިވުން.
 9. ޙަވާލުވެފައިވާ ކްލާސްތަކުގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރުމާއި ފެންވަރު ދަށްވިޔަނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން. އަދި ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެއަށް ޙަވާލުކުރެވޭ މަސައްކަތްތައް ޙަވާލުކުރުމުގެ ކުރިން ބަލައި ޗެކްކޮށް ރަނގަޅު ކުރަންޖެހޭ ކަމެއް ރަނގަޅުކުރުން.

10. ދުވަހުން ދުވަހަށް ކްލާހުގައި ދެވޭ މަސައްކަތްތައް ރެކޯޑްކޮށް ބެލެހެއްޓުން.

11. ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން.

12. ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

13. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

14. ސްކޫލްގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުން.

15. ސްކޫލްގެ ވަޞީލަތްތައް ބޭނުންކުރުމުގައި ވީހާވެސް ފަރުވާތެރިކަމާއެކު ބޭނުންކުރުން.

 16. ދިވެހި ސަރުކާރުގެ ޤަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި، ކައުންސިލް އިދާރާއިން އަންގާ އެންގުންތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއިދާރާއިން ލިބެން ހުންނާނެ).
 2. އައި.ޑީ ކާޑް ( ކިޔަންއެނގޭ ސާފު ) ކޮޕީ
 3. ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށްފައިވާ) ކޮޕީ
 4. ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ ތައްގަނޑުޖެހި ލިޔުން.
 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

      އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މިއިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

      މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 2020 ޖެނުއަރީ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ.

       މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500035 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500035 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

23 ޖަނަވަރީ 2020
ހޯދާ