ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ އެފް އެސް އެމް އީޒީފިލްގައި ހުރި އުކާލާ ބައެއް ތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.

މުދަލުގެ ބާވަތް:   ހަލާކުވެފައި ހުރި އޭސީ ޔުނިޓް، ގޮނޑި، ފޮޓޯކޮޕީ މެޝިން، ކޮންޕިއުޓާ ސިސްޓަމް، ސްޓޭންޑް ފޭން، ޕުރިންޓާރ ފަދަތަކެތި.         

ތަން:           އެފް އެސް އެމް އީޒީފިލް، ކަންބާއައިސާރަނި ހިންގުން

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން 27 ޖެނުއަރީ 2020 އާއި ދެމެދުގެ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އެފް އެސް އެމް އީޒީފިލް އަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވާނީ 28 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރަސްމީ ގަޑީގައި މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާއަށެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ކޯޓޭޝަނާއިއެކު ހުށައަޅުއްވަން ވާނެއެވެ.    

މިދެންނެވުނު ތަކެތި ބެއްލެވުމަށްފަހު، އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް މިތަކެތީގެ އަގު ދެއްކުމަށްފަހު ގެންދިޔުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9996466 ނުވަތަ 7700240 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

23 ޖަނަވަރީ 2020
ހޯދާ