ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓް ޓައިމް ލެކްޗަރާރުން

ވަޒީފާގެ ފުރުޞަތު

 

2020 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެކި ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާޓް-ޓައިމް ލެކްޗަޗާރުން ބޭނުންވެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ/ސެންޓަރު ތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން ޕާރޓްޓައިމް ލެކްޗަރާރުން ބޭނުންވާ މާއްދާތަކުގެ ލިސްޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

 

މަޤާމު

ޕާޓްޓައިމް ލެކްޗަރަރ

މުސާރަ އަދި އެހެނިހެން އިނާޔަތްތައް:

  1. ގަޑީގެ ދިގުމިން (50-60) މިނެޓުގެ ލެކްޗަރ / ޓިއުޓޯރިއަލް ގަޑިއަކަށް އުޖޫރަ ދެވޭނީ އެބޭފުޅަކު ކިޔަވައިދެއްވާ ލެވަލަށް ތިރީގައި މިވާ ގޮތަށެވެ.

 - ސެޓުފިކެޓު ލެވެލް 1 ސެޓުފިކެޓު ލެވެލް 4 އަށް 200 ރުފިޔާ.

 - ސެޓުފިކެޓު ލެވެލް 5 ސެޓުފިކެޓު ލެވެލް 6 އަށް 225 ރުފިޔާ.

 - ސެޓުފިކެޓު ލެވެލް 7 ސެޓުފިކެޓު ލެވެލް 8 އަށް 275 ރުފިޔާ.

 - ސެޓުފިކެޓު ލެވެލް 8 ސެޓުފިކެޓު ލެވެލް 10 އަށް 500 ރުފިޔާ.

  1. އެސައިންމެންޓް: މާރކު ކުރާ އެސައިންމެންޓަކަށް 15/- ރުފިޔާ
  2. ޕޭޕަރ މާރކިން:މާރކު ކުރާ ފައިނަލް އިމްތިޙާން ޕޭޕަރަކަށް 35/- ރުފިޔާ

 

މަޤާމު އޮތް އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ހަމަޖެހިފައިވާތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ/ޔުނިވަރސިޓީގެ ކެމްޕަސްތައް

މަޤާމުގެ މަސްޢޫލިއަޔަތާއި ވާޖިބުތައް:

 

  • ކަޑައެޅިފައިވާ ގޮތުގެމަތިން އެކި ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.
  • ކިޔަވައިދޭ މާއްދާ ތަކުގެ އިމްތިޙާން ކަރުދާސްތައް ތައްޔާރު ކުރުމާއި އެސެސް ކުރުން.
  • ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.
  • ޓިއުޓޯރިއަލާއި،ޢަމަލީކްލާސްތަކާއި،ޑެމޮންސްޓްރޭޝަންތަކާއި،ވަރކްޝޮޕްތަކާއި،ދަރިވަރުންގެ ފީލްޑް ވިޒިޓް ތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  • ދަރިވަރުންނާއެކު ކިޔަވައިދޭ މާއްދާތަކާ ބެހޭގޮތުން މަޝްވަރާތައް ބޭއްވުން.
  • ދަރިވަރުންގެ އަޚްލާގާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ނަފްސާނީ އަދި ޖިސްމާނީ  ދުޅަހެޔޮކަމަށް އަޅާލުން.
  • ކުއްލިއްޔާގެ ދަރިވަރުންނާ ގުޅޭ ކޯކަރިކުއލަރ އާއި އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީސްތައް ރާވައި ހިންގުމުގައި ކުއްލިއްޔާ އަށް އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

 

  1. ސެޓްފިކެޓް ކޯހުން ފެށިގެން އެސޯސިއޭޓް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުން
  2. ބެޗްލަރސް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  1.  މާސްޓަރސް ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލްކޮށްފައިވުން

ނުވަތަ

-ގުޅޭ ދާއިރާއަކުން  މާސްޓަރސް  ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ފުރިހަމަ ކޮއްފައިވާ "ޕާރޓް ޓައިމް ލެކްޗަރާރުންގެ ވަޒީފާއަށް އެދޭ ފޯމު" (މި އިޢުލާނުގެ ތިރީގައި މިދެންނެވި ފޯމު އެޓޭޗްކުރެވިފައިވާނެއެވެ.)
  2.  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ސެޓްފިކެޓެއްނަމަ އެކްރެޑިޓް ކޮއްފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮއްފައިވާ އިދާރާއަކުން ދޫކޮއްފައިވާ ލިޔުންތަކުގެ ކޮޕީ.
  3. ތަޖުރިބާއަށް މާރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.
  4. ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިއުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ  ޔުނިވަރސިޓީގެ ޖޮބް ޕޯޓަލް jobs.ium.edu.mv މެދުވެރިކޮށެވެ. މިނޫން ގޮތަކަށް ފޮނުވޭ އެޕްލިކޭޝަން ފޯމުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
  • ޕޯޓަލްއަށް އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • "ޕާރޓް ޓައިމް ލެކްޗަރާރުންގެ ވަޒީފާއަށް އެދޭ ފޯމު"ޕޯޓަލްއަށް އަޕްލޯޑްކުރާ   އެހެނިހެން ލިޔެކިޔުންތަކާއެއްކޮށް ފޮނުވަން ވާނެއެވެ. އަދި "ޕާރޓް ޓައިމް ލެކްޗަރާރުންގެ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުވާނެއެވެ.
  •  އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

  • 31 ޖަނަވަރީ 2020 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116 ނަންބަރު ފޯނާއެވެ.
  • ޕާޓްޓައިމް ލެކްޗަރާރުން ވަޒީފާއަށް ހޮވޭ ދުވަހުން ފެށިގެން  މަސައްކަތުގެ ފެންވަރަށް ބެލެމުން ދާނެއެވެ. އަދި އެދެވޭ ގޮތުގައި މަސައްކަތް ކުރިޔަށް ނުގެންދެވޭނަމަ،ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
21 ޖަނަވަރީ 2020
ހޯދާ