ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލް ކުރާ އަންހެން މެމްބަރުު ހޮވުމަށް

07 ޑިސެމަބަރ 2019 ވީ ހޮނިހިރު ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ  ޖަލްސާގައި މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލް ކުރާ އަންހެން މެމްބަރުގެ މަޤާމް ހުސްވެފައިވާތީވެ އެމަޤާމަށް ބޭފުޅަކު އިންތިހާބުކުރުމަށް  25 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެރޭ ޢާއްމު ޖަލްސާއެއް ބޭއްވުމަށް އަދި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ނަންބަރ 2015/30 ގެ ދަށުން ހެދިފައިވާ ދިވެހިރާއްޖޭގެ ކުޅިވަރު ޖަމިޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު 2017/R-13 އިން ލާޒިމްކުރާ ނުކުތާތައް ހިންގާޤަވާއިދުގައި ހިމެނުމަށް ނިންމާފައިވާކަން ދަންނަވަމެވެ.

މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު: BAM/IUL/2019/62 8 ޑިސެމްބަރ 2019 އަދި އިޢުލާން ނަމްބަރ:BAM/IUL/2020/04 11 ޖަނަވަރީ 2020 ގައި އިޢުލާން ކޮށްފައިވާ މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލް ކުރާ އަންހެން މެމްބަރުުގެ މަޤާމް ހުސްވެފައިވާތީވެ އެމަޤާމަށް ބޭފުޅަކު އިންތިހާބުކުރުމަށް  25 ޖެނެއަރީ 2020 ވާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ތާވަލް ކުރެވިފައިވާ ޢާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރ ސެމިނަރރޫމް ގައި ހޮނިހިރު ދުވަހުގެރޭ 20:30 ގައެވެެ. ކޮށްފައިވާ އިޢުލާން އާއި ގުޅިގެން އަންހެން މެމްބަރުން ތަމްޞީލް ކުރާ އަންހެން މެމްބަރުުގެ މަޤާމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ:

 

އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރު:

  1. މުރުޝިދާ އަބްދުލް މައްނާން (A033590) / ގ.ރަސްތަރި

 

މި ޖަލްސާގައި ބައިވެރިވެ ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުން (އިނޑިވިޖުއަލް):

  • އެސޯސިއޭޓް މެމްބަރ ( ކްލަބް ) ، އެސޯސިއޭޓް މެމްބަރުންގެ ތެރެއިން  މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2020/03  ގައިވާގޮތަށް 2020 ވަނަ އަހަރަށް 15 ޖަނަވަރީ 2020 ގެ ނިޔަލަށް ފީ ދައްކާފައިވާ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި ދެއަހަރު ތެރޭގައި މިއެސޯސިއޭޝަންގައި ރަޖިސްޓްރީ ވެފައިވާ މެމްބަރ ކްލަބް ތަކުގެ ތެރެއިން އަހަރީ ޢާއްމު ޖަލްސާ ގައި ބައިވެރިވެ ވޯޓް ލުމުގެ ހައްޤު ލިބި،ޝަރުތު ހަމަވަނީ ޖުމްލަ 1 (އެކެއް) އެސޯސިއޭޓް މެމްބަރު (ކްލަބް) އެވެ.
  1. ކްލަބް ސްޓެޓިކް
  • ފުރިހަމަ މެމްބަރުން ، އެކްޓިވް ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) ގެ ތެރެއިން މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2020/03  ގައިވާގޮތަށް 15 ޖަނަވަރީ 2020 ގެ ނިޔަލަށް 2019 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2020 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ކަލަންޑަރ ހުށައަޅާފައިވަނީ ހަމައެކަނި 1 (އެކެއް) ފުރިހަމަ މެމްބަރު (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ) އެވެ.

 1. ނ.ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ

  • ފަރުދީ މެމްބަރުން (އިންޑިވިޖުއަލް މެމްބަރުން) ފަރުދީ މެމްބަރުންގެ ތެރެއިން މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2020/03 އިޢުލާންގައިވާ ގޮތަށް ރަޖިސްޓްރީ ވެފައިވާ،15 ޖެނުއަރީ 2020 ގެ ނިޔަލަށް 2020 ވަނަ އަހަރަށް ފީ ދައްކާފައިވާ 18 އަހަރު ފުރިފައިވާ މެމްބަރުންގެ ޖުމްލަ އަދަދަކީ 33 ފަރުދީ މެމްބަރުން.

 

މި ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުންގެ ލިސްޓް ތަކަކީ 19 ޖަނަވަރީ 2020 ގައި ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 2020 ވަނަ އަހަރުގެ ފުރަތަމަ ޖަލްސާގައި  އިޢުލާން ނަމްބަރ:BAM/IUL/2020/03 11 ޖަނަވަރީ 2020 ގައި ކޮށްފައިވާ އިޢުލާން އާއި އެއްގޮތަށް ހިންގާ ޤަވާއިދުގައިވާ ގޮތުގެމަތިން ފާސްކޮށް އެގްޒެކެޓިވް ކޮމިޓީއިން އެންޑޯޒްކޮށްފައިވާ ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) އަދި ފަރުދީ މެމްބަރުންގެ ލިސްޓްކަން ދަންނަވަމެވެ.

މިއެސޯސިއޭޝަންގެ އިޢުލާން ނަންބަރު BAM/IUL/2020/03  ގައިވާގޮތަށް 15 ޖަނަވަރީ 2020 ގެ ނިޔަލަށް 2020 ވަނަ އަހަރަށް ފީ ދައްކާފައިވާ މިއެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރ ( ކްލަބް ) އަދި ފަރުދީ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދެއެވެ. ނަމަވެސް ކޯރަމްގެ ގޮތުގައި ނުހިމެނޭނެއެވެ.

ފުރިހަމަ މެމްބަރުން (ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ)، އެސޯސިއޭޓް މެމްބަރުން (ކްލަބް) ގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. ނަންފޮނުވާފައިވާ ފަރާތްތަކުން އިތުރު ބަދަލެއް ގެންނަނަމަ ލަސްވެގެން ޖަލްސާބޭއްވުމުގެ 24 ގަޑިއިރުކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންވާނެއެވެ. އެންމެހާ މެމްބަރުން، މެމްބަރޝިޕް ކާޑް އަދި އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

20 ޖަނަވަރީ 2020
ހޯދާ